ހަފުތާއެއްގެ ތެރޭގައި ސައުދީން މާސް ރޯގާގެ އިތުރު 34 ކޭސް ފެނިއްޖެ

މާސް އިން ރައްކާތެރިވުމަށް މާސްކް އަޅައިގެން

ރިޔާޒު (އޯގަސްޓް 31) -- ހަފްތާއެއްގެ ތެރޭގައި ސައުދީ އެރެބިޔާ އިން މިޑްލް އީސްޓް ރެސްޕެރޭޓަރީ ސިންޑަރަމް (މާސް) ކޮރާނާ ވައިރަސްގެ 34 ކޭހެއް ފެނިފައިވާ ކަމަށް ސައުދީއެރެބިޔާގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ ނިއުސް އެޖެންސީތަކުން ބުނެފި އެވެ. އަދި ހައްޖުގެ ފަހު މަރަހަލާ ތެރޭގައި ވަނިކޮށް އެ މައްސަލަ ފެންމަތިވުމުން، ކަމާ ބެހޭ ފަރާތްތަކުގެ ކަންބޮޑުވުން ވަނީ ބޮޑުވެފަ އެވެ.

ސައުދީގެ އެސްޕީއޭ ނިއުސް އެޖެންސީ އިން އާންމު ކުރި ރިޕޯޓެއްގައި ބުނީ، ވެރި ރަށް ރިޔާޒުން ވެސް މާސްގެ 33 ކޭސް ފެނިފައިވާ ކަމަށެވެ. އަދި އެކަކު ނަޖުރަން އިން ނާއި 15 މީހަކު ހޮސްޕިޓަލުގެ ޓެސްޓްތަކުން ޕޮޒިޓްވްވެފައިވާ ކަމަށާއި އަދި 19 މީހަކު މެޑިކަލް ސެންޓަރުތަކުން ޕޮޒިޓްވްވެފައިވާ ކަމަށެވެ.

ޓެކްނީޝަނުންނާއި އެކްސްޕާޓުން ވަނީ މިދިޔަ ހަފްތާގައި ވެސް 1655 ކޭހެއް ކޮރޯނާ ވައިރަސް ކަމަށް ތުހުމަތުކޮށް ޓެސްޓްކޮށްފަ އެވެ.

މީގެ ދެތިން ދުވަސް ކުރީން މާސް ޖެހިހެން ހަތަރު މީހަކު މަރުވި ކަމަށް ސައުދީ އިން ވަނީ ރިޕޯޓްކޮށްފަ އެވެ. އަދި އެއާ އެކު މިދިޔަ ހަފްތާގައި މާސް ވައިރަސްގައި މަރުވި މީހުންގެ އަދަދު ވަނީ 17 އަށް އަރައިފަ އެވެ.

މި މަހު އެތައް މިލިއަން ބަޔަކު ހައްޖަށް ޖަމާވާ އިރު މާސް ފެތުރޭތީ ސައުދީގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އަހަރު ދުވަހުގެ ތެރޭގައި މާސް ޖެހިގެން ސައުދީ އެރެބިޔާގައި މަރުވި މީހުންގެ އަދަދު 65 ނޫނީ 86 އަށް ވަނީ އަރައިފަ އެވެ. އަދި 2012 ވަނަ އަހަރު ސައުދީއެރެބިޔާ އިން އެ ވައިރަސް ފެނުނު ފަހު މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 483 އަށް އަރައިފަ އެވެ. އަދި 1،118 މީހަކަށް އެ ރޯގާ ޖެހި ފަރުވާހޯދާފައިވެ އެވެ.

މައުލޫމާތު: އެސްޕީއޭ ނިއުސް

comment ކޮމެންޓް