ގައްދުއަށް އުދައަރައި ހަތަރު ގެއަކަށް ލޮނު ވަދެއްޖެ

ގދ. ގައްދޫއަށް މިއަދު އުދަ އަރާފައި-- ފޮޓޯ/ ގައްދޫ ކައުންސިލް

ގދ. ގައްދޫއަށް އުދައަރައި ހަތަރު ގެއަކަށް ލޮނު ވަދެއްޖެއެވެ.

ގައްދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ސުޖާއު މިރޭ ސަން އަށް ވިދާޅުވީ މިއަދު 2:30 ކަންހާއިރު އެރަށު ދެކުނު ފަރާތުން 150 މީޓަރަށް އުދައަރައި އެސަރަހައްދު ހަތަރު ގެއަކަށް ލޮނު ވަދެފައިވާ ކަމަށެވެ. ލޮނުވަތް ނަމަވެސް އެގޭގެއަށް މާކަބޮޑު ގެއްލުމެއް ނުވާ ކަމަށް ވިދާޅުވިއެވެ.

ގދ. ގައްދޫއަށް މިއަދު އުދައަރާފައި-- ސަން ފޮޓޯ: ގައްދޫ ކައުންސިލް

"އަނެއްހެން މާކަބޮޑު ގެއްލުންތަކެއް ނުވޭ، ދެން ގޯތިތެރެއަށް ވަދެ ހެދިފައިހުރި ގަސްގަހާއެއްޗެހި އަސަރުކުރާނެ." ސުޖާއު ވިދާޅުވިއެވެ.

މިވަގުތު އުދަ ނާރާ ކަމަށާއި ނަމަވެސް މިރޭވެސް 2:00 ޖަހާކަންހާއިރު ބޮޑުދިޔާގަ އުދާގެ އަސަރު ކުރާނެ ކަމަށް ބެލެވޭ ކަމަށް ސުޖާއު ވިދާޅުވިއެވެ.

ގދ. ގައްދޫއަށް މިއަދު އުދައަރާފައި-- ސަން ފޮޓޯ: ގައްދޫ ކައުންސިލް

މޫސުމާ ބެހޭ ގައުމީ އިދާރާއިން މައުލޫމާތު ދޭ ގޮތުގައި މާދަމާ ހެނދުނު 8:00 ކަށް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް މެދުތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު ފަސް މޭލާ 15 މޭލު ދެމެދުގެ ބާރުމިނުގައި އަދި ރާއްޖޭގެ އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު އަށް މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު ކެރިގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ބުނެއެވެ.

comment ކޮމެންޓް