ބޭންކޮކް ބޮމުގެ ހަމަލާގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ފުލުހުން ތުހުމަތުކޮށް ހޯދަން އިއުލާން ކުރި މީހާ --

މީދެގެ ދެ ހަފުތާ ކުރިން ބޭންކޮކުގައި ބޮމުގެ ހަމަލާއެއްދީ 20 މީހަކު މަރާލި ކަމުގެ ތުހުމަތުގައި މީހަކު މިއަދު މީހަކު ހައްޔަރުކޮށްފި އެވެ.

ބޭންކޮކުގެ ތަރުޖަމާނަކާ ހަވާލާދީ ބީބީސީ އިން މިއަދު ބުނީ އެ މައްސަލައިގެ ތުހުމަތުގައި ބިދޭސީއަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ތަރުޖަމާނު ބުނީ ބޮން ހަދާ މެޓީރިއަލް އާއި 10 މީހެއްގެ ޕާސްޕޯޓް އެޕާޓްމަންޓެއްގެ ތެރެއިން ހޯދާފައިވާ ކަމަށެވެ.

ތައިލޭންޑްގެ އެރަވަން ޝަރިން އަށް މި މަހު 17 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާގައި 20 މީހަކު މަރުވުމުގެ އިތުރަށް 100 އަށް ވުރެ ގިނަ މީހުން ޒަހަމުވި އެވެ. އޭގެ ތެރޭގައި ގިނައީ ޓޫރިސްޓުންނެވެ.

ބޭންކޮކުގައި ހުންނަ ބީބީސީގެ ހެޑް ބުނީ ހައްޔަރުކޮށްފައި ވަނީ ތުރުކީވިލާތު މީހެއް ކަމަށެވެ.

ޑެޕިއުޓީ ނޭޝަނަލް ޕޮލިސް ޗީފް ޗަކްތިޕް ޗައިޖަންދާ ދެއްވި ޓީވީ އިންޓަވިއުއެއްގައި ވިދާޅުވީ އެ މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

"ބޮން ހެދުމަށް ބޭނުންވާ މެޓީރިއަލް ވަނީ އޭނާގެ އެޕާޓްމަންޓުން ފެނިފައި. އަހަރެންނަށް ވަރަށް ޔަގީން އެ މައްސަލާގައި އޭނާގެ އަތެއްވާކަން."

ބޮން ގޮއްވާލުމުގެ ކުޑަ އިރުކޮޅެއް ކުރީން ބެކްޕެކެއް އަޅައިގެން ޝަރިން ސަރަހައްދުން ދިޔަ މީހަކު ސީސީޓީވީީ އިން ފެނިގެން ފުލުހުން އައީ އޭނާ ހޯދަމުންނެވެ.

ނަމަވެސް މިއަދު ހައްޔަރު ކުރީ ސީސީޓީވީ އިން ފެނުނު މީހާ ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ނުބުނެ އެވެ. ބޮން ގޮއްވާލި ކަމުގެ ތުހުމަތު ކުރެވޭ މީހާއާ ބެހޭ މައުލޫމާތު ދިން މީހަކަށް 28،000 ޑޮލަރު އިނާމެއްގެ ގޮތުގައި ތައި ސަރުކާރުން ހުށަހެޅި އެވެ. ނަމަވެސް މިއަދު މީހަކު ހައްޔަރު ކުރުމާ އެކަމާ ގުޅުމެއް ވާކަމެއް އަދި ނޭނގެ އެވެ.

comment ކޮމެންޓް