އެހީއަށް ބޭނުންވާ ބައެއް ދިރިއުޅޭ ގޯއްޗެއް ފުލުހުން ނުކުމެ ސާފުކޮށްދީފި

ސާފުކޮށްފައިވާ ގޯތީގެ ކުރި އާއި މިހާރުގެ ފޮޓޯއެއް-- ފޮޓޯ: ފުލުހުން

ހދ. މަކުނުދޫގައި ނުކުޅެދުންތެރިކަން ހުންނަ މީހަކާއި އޭނާގެ މުސްކުޅި މަންމަ ދިރިއުޅޭ ގޯތީގައި ގަސް ބޯވެ ޖަންގަލިވުމުން ފުލުހުން ނުކުމެ އެގޭ ސާފުކޮށްފި އެވެ.

ފުލުހުން ބުނީ މަކުނުދޫ ޕޮލިސް ސްޓޭޝަނުން މި މަހު 20 އިން ފެށިގެން ކުރިޔަށް ގެންދިޔަ އެ މަސައްކަތުގެ ދަށުން މަކުނުދޫގައި ނުކުޅެދުންތެރިކަން ހުންނަ ޒުވާނާ އާއި އޭނާގެ ދުވަސްވީ މަންމަ ދިރިއުޅޭ ގޯތީގައި ގަސްތައްބޯވެ ޖަންގަލި ހެދި ގޯތި ތެރޭގައި ހިނގާ ބިނގާވެ އުޅެން ދަތިވާތީ އެ ގޯތިތެރެ ސާފުކޮށްދީފައިވާ ކަމަށެވެ.

އެ ގޯތި ސާފު ކުރުމަށް ފުލުހުން މަސައްކަތް ކުރަނީ-- ފޮޓޯ: ފުލުހުން

"މަކުނުދޫގައި މަސައްކަތްކުރާ ފުލުހުން އިސްނަގައިގެން ކުރި މި މަސައްކަތުން މިހާރު އެ ގޯތި ވަނީ އެއްކޮށް ސާފުކޮށް ގޯތި ތެރޭގައި ބޯވެފައިވާ ގަސްތައް ނަގައި ސާފުކޮށް ކުނިތައް އުކާލާފައި." ފުލުހުން ބުންޏެވެ.

ފުލުހުންގެ އެމަސައްކަތަށް މަކުނުދޫ ރައްޔިތުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބިފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް