ކްރިކެޓް: 45 ދުވަހުގެ ޓްރޭނިން ކޭމްޕެއްގައި ޖޫނިއާ ތިން ކުޅުންތެރިޔަކު ލަންކާއަށް

ލަންކާއަށް ފުރި ތިން ކުޅުންތެރިންނާއެކު ކްރިކެޓް ބޯޑްގެ އޮފީޝަލެއް (ވ) --- ކްރިކެޓް ބޯޑް

ކްރިކެޓްގެ ޒުވާން ގައުމީ ޓީމްގެ ތިން ކުޅުންތެރިޔަކު 45 ދުވަހުގެ ޓްރޭނިން ކޭމްޕެއްގައި ލަންކާއަށް ހިނގައްޖެއެވެ.

މިކޭމްޕްގައި ދިޔަ ކުޅުންތެރިނަކީ އުމުރުން 18 އަހަރުގެ ދެ ކުޅުންތެރިން ކަމުގައިވާ އާދަމް ނާސިފް ޢުމަރާއި ޢަލީ ޝުނާންއާއި 17 އަހަރުން ދަށުގެ ކުޅުންތެރިޔެއްކަމުގައިވާ ޔާސީން އަހަމްދެވެ.

އޭގެ ތެރެއިން ނާސިފްއާއި ޝުނާން ވަނީ އެންމެ ފަހުން އޭޝިއަން ކްރިކެޓް ޗެމްޕިއަންޝިޕަށް ނެގި ގައުމީ ޓީމްގައިވެސް ކުޅެފައެވެ.

މިކުޅުންތެރިން ޓްރޭނިން ކޭމްޕް ކުރިއަށް ގެންދިއުމަށް ހަަމޖެހިފައިވަނީ ޝްރީލަންކާގެ ގައުމީ 23 ދަށުގެ ޑިވިޝަންގައެވެ.

އަދި ސެޕެޓެމްބަރު މަހާއި އޮކްޓޫބަރު މަހު، އެއް ވަަނަ ޑިވިޝަނާއި ދެ ވަނަ ޑިވިޝަންގެ ޓޯނަމަންޓްތަކުގައިވެސް މިކުޅުންތެރިން ކުޅޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ބޯޑް މެންބަރު އިމާދު އީސްމާޢީލް ވިދާޅުވީ 45 ދުވަހުގެ ޓްރޭނިން ކޭމްޕް ފުރިހަމަކޮށްފިނަ ދެ ވަނަ ބުރަކަށް ޓްރޭނިން ކޭމްޕް ކުރިއަށްދާނެ ކަމަށެވެ. އެހެންކަމުން ޓްރޭނިން ކޭމްޕްގައި 53 ދުވަސް ހޭދަ ކުރުމުގެ ފުރުސަތު އެކުޅުންތެރިންނަށް ލިބިގެންދާނެކަމަށް އިމާދު ވިދާޅުވިއެވެ.

comment ކޮމެންޓް