ސިޔާސީ މަސްރަހުގެ މައުލޫމާތު ދިނުމަށް އެމްޑީޕީގެ ޓީމެއް ލަންކާގައި

އެމްޑީޕީ އިން ލަންކާ އަށް ދިޔަ ޓީމް ލަންކާ ފޮރިން މިނިސްޓަރާ އެކު-- ފޮޓޯ: އަބްދުﷲ ޝާހިދުގެ ފޭސްބްކް

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ބައިނަލްއަގުވާމީ ގުޅުންތަކާ ބެހޭ ކޮމެޓީގެ ވަފްދެއް ސްރީލަންއާ އަށް ހިނގައްޖެ އެވެ.

އިއްޔެ ހެނދުނު ސްރީލަންކާއަށް ދިޔަ ވަފްދުގައި ހިމެނިވަޑައިގަންނަވަނީ އެމްޑީޕީގެ ބައިނަލްއަގްވާމީ ގުޅުންތަކާ ބެހޭ ކޮމެޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބުދުﷲ ޝާހިދާއި އެކޮމެޓީގެ މެމްބަރު އަހުމަދު ތަސްމީން އަލީ އާއި ރައީސް މުހައްމަދު ނަޝީދުގެ ލޯޔަރުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ގާނޫނީ ވަކީލް ހަސަން ލަތީފެވެ.

އެމްޑީޕީ އިން ބުނީ އެޓީމްއިން ލަންކާއަށް ކުރާ ދަތުރުގައި ރައީސް މުހައްމަދު ނަޝީދު ގޭބަންދަށް ބަދަލުކުރުމަށް ފަހު އަނބުރާ ޖަލަށް ގެންދިއުމާއި ލައިލާ އަލީ ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމާއި ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަހާ ގުޅޭ މައުލޫމާތު ބޭރުގެ ފަރާތްތަކަށް ހިއްސާކުރަން ނިންމާފައިވާ ކަމަށެވެ.

comment ކޮމެންޓް