ރީބްރޯޑްކާސްޓް ކުރާއިރު ބަންގި ވަގުތު އަންގައިދިނުމަށް އިލްތިމާސްކޮށްފި

މާލޭގެ މިސްކިތެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރީބްރޯޑްކާސްޓްކުރާ ފަރާތްތަކުން ބަންގި ވަގުތު އަންގައިދިނުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ބުރާސްފަތި ދުވަހު އާންމު ކުރި ބަޔާނެއްގައި ބުނީ ނަމާދު ވަގުތު އަންގައި ދިނުމަށް ރީބްރޯޑްކާސްޓްކުރާ ފަރާތްތަކުން ސަމާލުކަން ނުދޭކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެކަމަށް ސަމާލުވުމަށް އެކޮމިޝަނުން އިލްތިމާސްކުރެ އެވެ.

"ރީބްރޯޑްކާސްޓް ކުރުމުގެ ގަވާއިދުގެ 28ވަނަ މާއްދާގައި ކަނޑައަޅާފައިވާ ފަދައިން ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދިނުމުގައި ބަންގި ވަގުތު އަންގައިދިނުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ރީބްރޯޑްކާސްޓް ކުރުމުގެ ހިދުމަތްދޭ ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރަން." ބުރޯޑްކާސްޓިން ކޮމިޝަނުން ބުންޏެވެ.

ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 28ވަނަ މާއްދާގައި ބުނެފައި ވަނީ ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދެމުންދާ ވަގުތުތަކުގައި އަންނަ ނަމާދު ވަގުތުތައް އަންގައިދިނުމުގެ ގޮތުން، ލިޔުންކޮޅެއް މަދުވެގެން 10 (ދިހައެއް) ސިކުންތު ވަންދެން ފޮނުވަންވާނެ ކަމަށެވެ.

comment ކޮމެންޓް