ޔޫއެފްއާ މޮޅު ކުޅުންތެރިޔާގެ އެވޯޑް ބާސެލޯނާގެ އާޖެންޓީނާގެ ފޯވަޑް ލިއޮނަލް މެސީ ހޯދައި މިހާތަނަށް މިއެވޯޑް ދެ ވަނަ ފަހަރަށް ހޯދި ފުރަތަމަ ކުޅުންތެރިޔާގެ ރެކޯޑް މެސީ ގާއިމް ކޮށްފިއެވެ.
ދެހާސް އެގާރަ ވަނަ އަހަރު ދޭން ފެށި މިއެވޯޑް އެންމެ ފުރަތަމަ ހޯދާފައިވަނީވެސް މެސީއެވެ.
ރޮނާލްޑޯއަށް ތިން ވަނަ ލިބުނު އިރު ދެވަނަ ލިބުނީ މެސީއާއެކު ބާސާއަށް ކުޅެމުންދާ އުރުގުއޭގެ ފޮވަޑް ލުއިސް ސުއަރޭޒްއެވެ.
އެހެން ކަމުން މިއެވޯޑް ނައިޓް ވެފައިވަނި ރެއާލްގެ މައްޗަށްވެސް ބާސާއިން ކާމިޔާބު ހޯދި ރެއްގެ ގޮތުގައެވެ.
މިހާތަނަށް މިއެވޯޑް ފަސް ފަހަރު ދީފައިވައިރު އެއިން ކޮންމެ ފަހަރަކު ރޮނާލްޑޯ ވަނީ ގަދަ ތިން ވަނައިގައި ހިމެނިފައެވެ.
މެސީ މިއެވޯޑް ދެ ފަހަރު ހޯދުމާއެކު ހޯދުމާއެކު މިހާތަނަށް ބާސާގެ ކުޅުންތެރިން ވަނީ ތިން ފަހަރު ހޯދާފައެވެ.
މެސީގެ އިތުރުން ދެން މިއެވޯޑް ހޯދި ބާސާގެ ކުޅުންތެރިޔަކީ 2012 ވަނަ އހަރު އެވޯޑް ހޯދި ބާސާގެ މިހާރުގެ ކެޕްތަން އަންދުރޭ އިނިއެސްޓާއެވެ.