ކުޑަ ކުއްޖަކު މަރާލާނެ ކަމަށް އިންޒާރުދިންކަމުގެ ތުހުމަތުގައި އޭނާގެ ބޭބެއަކު ހައްޔަރުކޮށްފި

ހއ. ތަކަންދޫ

ހއ. ތަކަންދޫގައި 11 އަހަރުގެ ކުޑަކުއްޖަކު މަރާލާނެ ކަމަށް އެކުއްޖާގެ ބައްޕަ އާއި އެއްބަނޑު އެއް ބަފާ މީހަކު ބުނި ކަމަށް ތުހުމަތުގައި އެ މީހާ ފުލުހުން ހައްޔަރުކޮށްފި އެވެ.

ތަކަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ސާދިގު މިއަދު ސަން އަށް ވިދާޅުވީ ކުޑަ ކުއްޖާ އަށް އެމީހާ އިންޒާރު ދިން ކަަމަށް ބުނަނީ އިއްޔެ އިރުއޮއްސި 6:45ގައި ކަމަށެވެ.

"ފުލުހުން، ރޭ ދަންވަރު ދެގަޑި ބައި އެހާކަންހާއިރު އެ މިހާ ވަނީ ގެންގޮސްފައި،" ސާދިގު ވިދާޅުވި އެވެ.

ކުޑަކުއްޖާ އަށް އިންޒާރު ދިނީ ކީއްވެކަމެއް އަދި ނޭނގެ އެވެ. އެ މައްސަލާގައި ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

comment ކޮމެންޓް