ހޮސްޕިޓަލުގައި އޮތް ތުއްތު ކުއްޖެއްގެ ގައިގައި މީދަލެއް ދަތްއަޅައިގެން މަރުވެއްޖެ

ނިއު ދިއްލީ (އޯގަސްޓް28) ދެކުނު އިންޑިއާގެ ރަށެއްގައި ސަރުކާރުން ހިންގާ ހޮސްޕިޓަލެއްގައި ވިހެއި ތުއްތު ކުއްޖަކު ހޮސްޕިޓަލުގައި އޮއްވައި މީދަލެއް ދަތްއަޅައިގެން މަރުވެއްޖެ އެވެ. އެކުއްޖާގެ މަންމައާ ހަވާލާދީ ޖީއޯ ޓީވީ އިން ބުނީ އެ ކުއްޖާ ބުރާސްފަތި ދުވަހު މަރުވީ ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.

އަންދުރަ ޕްރަދޭޝްގައި ގުންތާރު ސަރުކާރުން ހިންގާ ހޮސްޕިޓަލުގައި އެ ހާދިސާ ހިނގައި 10 ދުވަހުގެ އެ ފިރިހެން ކުއްޖާ މަރުވުމުން އެ ހޮސްޕިޓަލުގެ ތިން އޮފިޝަލަކު ވަނީ ސަސްޕެންޑުކޮށްފަ އެވެ. އެ ކުއްޖާ މަރުވީ ކުޑަކަމުދާ ނިޒާމަށް މައްސަލަ ޖެހިގެންނެވެ.

އެ ކުއްޖާގެ މަންމަ އޭއެފްޕީ އަށް ބުނީ އޭނާގެ ދަރިފުޅުގެ އިނގިލިތަކުގައި ދަތްއަޅާފައި ހުރުމުން އޭނާ ހޮސްޕިޓަލުގެ މީހަކަށް ރިޕޯޓް ކުރި ކަމަށެވެ. އަދި އޭރު އެ ކުއްޖާ އޮތީ އިންޓެސިވް ކެއާ ޔުނިޓްގައި ކަމަށެވެ.

"އަހަރުންގެ ދަރިފުޅުގެ އޮޕަރޭޝަނެއް ބުދަ ދުވަހު ކުރާ ގޮތަށް އޮތީ، އެކަމަކު އެ ކުއްޖާގެ ކަނާއަތުގައި ފާރު ހެދިފައި ހުރީ. މީދާ ހުރީ އިނގިލިތައް ކާލާފައި،" އެ ކުއްޖާގެ މަންމަ ޓީވީ ރިޕޯޓަރުން ކައިރީ ބުންޏެވެ.

އަންދުރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު އެން ޗަންދުރަބާބު ނައިދު ވިދާޅުވީ އޭނާ ވާނީ ހޮސްޕިޓަލުގެ ތިން އޮފިޝަލަކު ސަސްޕެންޑްކޮށް މައްސަލަ ތަހުގީގު ކުރަން އަންގާފައިވާ ކަމަށެވެ. އޭނާ އަދި ވިދާޅުވީ ސަރުކާރުގެ ހޮސްޕިޓަލުގައި އޮތް ތުއްތު ކުއްޖެއްގެ ގައިގައި މީދަލެއް ދަތް އަޅައިގެން މަރުވުން ހައިރާންވި ކަމަށެވެ.

"އެފަދަ ހާދިސާއެއް ތަކުރާވިޔަ ނުދިނުމަށް ހޮސްޕިޓަލުގެ އޮފިޝަލުންނަށް ވާނީ އަންގާފައި،" ޗީފް މިނިސްޓަރު ވިދާޅުވި އެވެ.

ހޮސްޕިޓަލުގެ ސުޕްރިންގްޑެންޑެންޓެންޓް ޓ. ވެނުގޯޕާލާ ރާއޯ އިންޑިއާގެ ބައެއް ނޫސްތަކަށް ބުނީ މީދާ ދަތް ދަތްއަޅައިގެން ތުއްތު ކުއްޖަކު މަރުވީ ހޮސްޕިޓަލުގެ އިންޓެންސިވް ކެއާ ޔުނިޓްގައި މީދާލުގެ އުނދަގޫ ބޮޑުވެ، މީދާދަތި ވެސް އެ ތަނުގައި ބަހައްޓާފައި ވަނިކޮށް ކަމަށެވެ.

އާބާދީގައި 1.2 ބިލިއަން މީހުން ދިރިއުޅޭ އިންޑިއާގެ ސަރުކާރު ހޮސްޕިޓަލްތަކުގައި އެކަށީގެންވާ ވަރަށް މުވައްޒަފުން ނެތުމުގެ މައްސަލަ ވަނީ ކުރިމަތިވެފަ އެވެ. އަދި ސަރުކާރު ހޮސްޕިޓަލްތަކުން ހިލޭ ފަރުވާދެވޭ ވަރު އަންނަނީ މަދުވަމުންނެވެ.

comment ކޮމެންޓް