އިނގިރޭސި ޖިހާދިސްޓް ޖުނައިދު ހުސައިން ޑްރޯން ހަމަލާއަކުން މަރާލައިފި

ސައިބާ ޖިހާދިސްޓް ހުސައިން --

"ޓޮޕް ސައިބާ ޖިހާދިސްޓް"ގެ ނަމުން މަޝްހޫރުވެފައިވާ އިނގިރޭސި ވިލާތުގެ ޖިހާދިސްޓް، ޖުނައިދު ހުސައިން، އެމެރިކާގެ މިލިޓަރީ ޑްރޯން ހަމަލާއަކުން މަރާލައިފި ކަމަށް އެމެރިކާ އިން ބުނެފި އެވެ.

އެމެރިކާގެ މިލިޓަރީއާ ހަވާލާދީ ނޫސްތަކުން މިރޭ ބުނީ ބާމިންގްހަމް އަށް ނިސްބަތްވާ، އަދި 2013 ވަނަ އަހަރު އޭނާގެ އުމުރުން 20 އަހަރުގައި ސީރިއާ އަށް ދިޔަ، ހުސައިނަކީ އައިސް ޖަމާއަތުގެ ތެރެއިން ވެސް ހާއްސަ ގޮތަކުން ބަލަމުން އައި މީހެއް ކަމަށެވެ.

އެމެރިކާ އިން ބުނީ އެއީ "އިސްލާމިކް ސްޓޭޓް" ނޫނީ އައިއެސް އަށް ލިބުނު ފޫބެއްދުން ދަތި ގެއްލުމެއް ކަމަށެވެ.

އެމެރިކާގެ ހޯމް ލޭންޑް ސިކިއުރިޓީ ކޮމެޓީގެ ޗެއާމަން މައިކަލް މެކުއަލް ބުނީ ހުސައިންގެ މަރަކީ އައިއެސް ޖަމާއަތަށް ދިން ސަމާސާ މެސެޖެއް ނޫން ކަމަށެވެ.

އިނގިރޭސި ސަރުކާރުގެ ތަރުޖަމާން ވެސް ބުނީ ކޯލިޝަނުން ދިން ހަމަލާގައި އެ ގައުމުގެ ރައްޔިތަކު އަދި ޓެރަރިސްޓް ޖަމާއަތަށް ނިސްބާވާ މީހަކު މަރާލިކަން އެނގިފައިވާ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް