ދެ ކޮޓަރީގެ އެޕާޓްމަންޓަށް ބޭނުންވާ ހުރިހާ ފަރުނީޗަރު ލިބޭ ނަސީބުވެރިޔާ ހޮވައިފި

މިއަދު މުނި ހޯމްކެއާގައި ބޭއްވި ގުރުނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން ----- ސަން ފޮޓޯ/ ފަޔާޒު މޫސާ

މުނީ އެންޓަޕްރައިސަސްގެ ފަރާތުން ކުރިއަށްގެންދިޔަ "ސުޕާ ފާސްޓް 2015" ޕްރޮމޯޝަންގެ ނަސީބުވެރިޔާ މިއަދު ހޮވައިފި އެވެ.

އެ ޕްރޮމޯޝަނަކީ މިއަހަރުގެ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުން ފެށިގެން މުނީ އެންޓަޕްރައިސަސްގެ ހުރިހާ ފިހާރައެއްގައި ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެކެވެ.

އެ ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް ހޮވިފައި ވަނީ މ. ކުނޑިއާގެ، އައިމިނަތު ނަޝީދާ އެވެ. އިނާމެއްގެ ގޮތުގައި އޭނާއަށް ދެކޮޓަރީގެ އެޕާޓްމަންޓަކަށް ބޭނުންވާ ހުރިހާ ފަރުނީޗަރެއް ލިބެއެވެ. އޭގެ ތެރޭގައި ބެޑްރޫމް ސެޓާއި ބަދިގޭ ސެޓާއި ސިޓިންރޫމަށް ބޭނުންވާ ސާމާނުތަކުގެ އިތުރުން ކޮޓަރިއަށް ބޭނުންވާ އިސްތިރިފަދަ ތަކެތި ހިމެނެއެވެ.

އަމީނީމަގު މުނި ހޯމްކެއާ އާއި ބޮޑުތަކުރުފާނު ކަސްޓަމްސް ސަރަހައްދުގައި ހުންނަ ފަރުނީޗަރު ސެންޓަރާއި ބޮޑުތަކުރުފާނު މަގު އުތުރު ބަނދަރު ސަރަހައްދުގައި ހުންނަ މުނި ޓްރޭޑާސް އިން މިހާރު ވަނީ އީދަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފަ އެވެ.

މިމަހުގެ 23 އިން ފެށިގެން އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ ޕްރޮމޯޝަންގައި އެތަންތަނުން ވިއްކާ ތަކެއްޗަށް 40 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ.

އޭގެ ތެރޭގައި ބެޑްރޫމް ސެޓާއި ސޯފާސެޓާއި ކާމޭޒާއި ފާޚާނާ ސެޓް އަދި ގޮދަޑި އާއި ތަށިމުށި ފަދަ ތަކެތި ހިމެނެ އެވެ.

comment ކޮމެންޓް