ދިރާގުން ރާއްޖޭގެ 98 ޕަސެންޓް އާބާދީއަށް ތުރީޖީ ޚިދުމަތް ފޯރުކޮށްދީފި

ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ---- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި އެންމެ ފުރަތަމަ މުވާސަލާތީ ޚިދުމަތްދޭން ފެށި ކުންފުނި ދިރާގުން ރާއްޖޭގެ އާބާދީގެ 98 ޕަސެންޓަށް ތުރީޖީ މޮބައިލް ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދީފި އެވެ.

ދިރާގު ހެޑް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދިރާގުގެ ޗީފް އެގްޒެކެޓިވް އިސްމާއީލް ރަޝީދު ވިދާޅުވީ، ސަރުކާރުގެ ބްރޯޑްބޭންޑް ސިޔާސަތުގެ ދަށުން މިއަހަރުގެ އޮގަސްޓު މަހުގެގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށަކަށް ތުރީޖީ ބްރޯޑްބޭންޑުގެ ޚިދުމަތް ދިނުމަށް ކަނޑައަޅާފައިވާ ކަމަށެވެ.

ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ---- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެގޮތުން ދިރާގާ ހަވާލުކޮށްފައި އޮތް 40 ރަށަށް މި އޮގަސްޓް މަހުގެ ތެރޭގައި ތްރީޖީ ޚިދުމަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި ދީ ނިންމާލާފައިވާ ކަމަށް އިސްލާއިލް ރަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަބަދުވެސް މިދަނީ ސަރުކާރުގެ ޕޮލިސީތަކާ އެއްގޮތަށް ކަންތައްތައް ކުރަމުން. އަދި ތަރައްގީގެ މަޝްރޫތަކުގައި އެހީވަމުން. އެގޮތުން އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު ފަޚުރެއް އަޅުގަނޑުމެންނަށް މިގޮތަށް ހަވާލުކުރާ ކޮންމެ ޕްރޮޖެކްޓެއް ވެސް. އަޅުގަނޑުމެން ވަރަށް މަސައްކަތް ކުރަން އެ ހަވާލުކުރާ ޓައިމެއްގަ ނިންމާލުމަށް،" އިސްމާއިލް ރަޝީދު ވިދާޅުވި އެވެ.

އިސްމާއިލް ރަޝީދު ވިދާޅުވީ އެ ކުންފުނިން މިހާރުވެސް މަސައްކަތް ކުރަމުން އަންނަނީ ބްރޯޑްބޭންޑް ޚިދުމަތް ވީހާވެސް ފުޅާކުރުމަށް ކަމަށެވެ. އެގޮތުން 2012 ވަނަ އަހަރު ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ބޮޑު ސަބްމެރިން ކޭބަލެއް އެޅުމުގެ ބޭނުމަކީ ވެސް ރާއްޖޭގެ ހުރިހާ ރަށަކަށް ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ---- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރުން ރައްޔިތުންނަށް ކޮށްދޭ ކަންކަމުގައި ދިރާގުން ދެމުން އަންނަ އެއްބާރުލުން ފާހަގަކޮށް އެ ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު ވަނީ ދިރާގަށް ޝުކުރުއަދާކޮށްފައެވެ.

comment ކޮމެންޓް