އޭސީ މިލާންއިން ބަލެޓޮލީއަށް "އަހްލާގީ" ގަރާރެއް

މާރިއޯ ބަލެޓޮލީ، އޭސީ މިލާއިން ވަނި އޭނާއަށް އަހްލާގީ ކޮޑް އޮފް ކޮންޑަކްޓެއް ހުށަހަޅާފައި --- ފޮޓޯ/ ޕީއޭ

ދާދިފަހުން އޭސީ މިލާންއަށް އެނބުރި އައި މާރިއޯ ބަލޮޓެލީއަށް މިފަހަރު އެޓީމުން އެގްރިމެންޓާ އެކު އަހްލާގީ ހަމަތަކެއް ހިމެނޭ ގަރާރެއް ހުށަހެޅިއިރު ފުޓްބޯޅަ ދަނޑު ބޭރުގައި ވެސް އޭނާގެ އަހްލާގް ބަހައްޓަން ޖެހޭ ގޮތުގެ ހަމަތަކާއި އުސޫލުތަކެއް ވަނީ ހިމަނާފަ އެވެ.

އަހްލާގީ ގަރާރުގެ ދަށުން ބަލޮޓެލިއަށް ކުރުން މަނާ ކަންތައްތަކެއް ހިމޭނޭ އިރު އޭގެތެރޭގައި ހިމެނެނީ އޭނާގެ ސިއްހަތައް ގެއްލުންވާ ކަންކަމަށް ކުރާ ބޭކާރު ހަރަދުތައް ހުއްޓާލުމާއި "ފާޑް ފަޑް"ގެ ގޮތްގޮތަށް ބޯހެދުމަށް ކުރާ ބޭކަރު ހަރަދުތައް ހުއްޓާލުމެވެ.

މިދިޔަ ސީޒަންގައި ބަލެޓޮލީ ބޯ ހުރިގޮތް. އޭސީ މިލާންއިން ވަނީ ފާޑްފާޑްގެ ގޮތްގޮތަށް ބޯހެދުން އޭނައަށް މަނާކޮށްފައި --- ފޮޓޯ/ ގެޓީ އިމޭޖަސް

އިޓަލީގެ ކުޅިވަރު ނޫސް ގެޒޭޓާ ޑެލޯއިން އިއްޔަ ބުނެފައި ވަނީ އެސީ މިލާންގެ ޗީފް އެގްޒެކެޓިވް އެގްޒެކެޓިވް އެޑްރިއާނޯ ގިއަލާނީ ބަލޮޓެލީއަށް އެކުލަވާލި ގަރާރުގެ މާއްދާތައް ނަގާފައި ވަނީ އިޓަލީގެ އެއާ ފޯސްގައި މަސައްކަތް ކުރާ މުވައްޒަފުންގެ ޑިސިޕްލިނަރީ ކޯޑެވެ.

ގެޒޭޓާ ޑެލޯއިން ބުނީ ބަލޮޓޮލީ އަށް ހާއްސަކޮށް އެކުލަވާލި އަހްލާގީ ގަރާރުގައި ސޯޝަލް މީޑިއާގައި އޭނާ ހަރަކާތްތެރިވާން ޖެހޭ ހަމަތައް ވެސް ވަނީ ހިމަނާފަ އެވެ.

މީގެ އިތުރުން ނައިޓް ކުލަބުތަކަށް ދިއުން ހުއްޓާލުމާއި ސިނގިރޭޓް ބުއިން ހުއްޓާލައި ބަނގުރާ ބުއިން ހުއްޓާލުމަށް ފަހިވަ ގަރާރުތައް ވަނީ ހިމަނާފާ އެވެ.

އަދި ޕްރެކްޓިސްއަށް ގަޑއަށް ހާޒިރުވުމާއި އޭނާ ހެދުން އެޅުމުގައި އޭސީ މިލާންގެ ސްޓައިލްގައި ހެދުން އެޅުމަށްވެސް މާއްދާއެއް ވަނީ ހިމަނާފައެވެ.

ބަލެޓޮލީއަށް ހުށަހެޅި އަހްލާގީ ކޯޑް އޮފް ކޮންޑަކްޓްގައި ހިމެނޭ ބައެއް ކަންތައްތައް

  • ކުލަބުގެ ސޫރަ ކިލަނބުވާ ގޮތަށް ސޯޝަލް މީޑިއާގައި އެވެސް ޕޯސްޓެއް އާންމު ނުކުރުން. އަދި ބަލެޓޮލީގެ ފަރާތުން ފަރަތުން އެފަދަ ކަމެއް ފެނޭތޯ ބެލުމަށް ފޭސްބުކް ޕޭޖާއި ޓުވިޓާ އެކައުންޓާއި އިންސްޓަގްރާމް އެކައުންޓް އބަދުވެސް މޮނިޓާ ކުރަމުން ގެންދާނެއެވެ.
  • ހެއާ ސްޓައިލް 'ފާޑް ފާޑް' ގޮތްގޮތަށް ހެދުމަށް ކުރަ ބޭކާރު ހަރަދު ހުއްޓާލައި އެކަމަށް ހެޔޮ ބަދަލު ގެނައުން
  • ހެދުން އެޅުމުގައި އޭސީ މިލާންގެ ސްޓައިލް ހާމަކޯށްދިނުން
  • ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުން
  • ގަޑިއަށް ފަރުވާތރެިވުން
  • ނައިޓް ކުލަބުތަކަށް ދިއުން ހުއްޓާލުން

މީގެ ކުރިން ބަލެޓޮލީއާ މެދު އަހްލާގީ ގިަނ މައްސަލަތަކެއް ވަނީ ފާހަގަ ކުރެވިފަ އެވެ. އެގޮތުން ޓެރެއިންއެއްގެ ފާހާނާ ތެރޭގައި ސިނގިރޭޓް ބުއޮގެން އެއްމަސއްލަ ވަނީ ހޫނުވެފަ އެވެ.

އަހްލާގީ ގޮތުން ބަލެތޮލީކޮށްފައިވާ ދަށުދަރަޖައިގެ ބައެއް ކަންކަން ހިމެނޭ ފޮޓޯއެއް -- ފޮޓޯ/ މާސާ-

އަދި ނައިތް ކުލަބަކަށް ވަންނަނިކޮށް ފޮޓޯ ގްރާފަރު ފޮޓޯއެއް ނަގަން އުޅުމުން ބަލޮޓެލީ އޭނާގެ ގައިގައި ޖެހި މައްސަލައެއްވެސް ވަނީ ފެންމަތިވެފަ އެވެ.

ގެޒޭޓާ ޑެލޯއަށް ދިން އިންޓަވިއުގައި ބަލެޓޮލީ ބުނެފައި ވަނި އިތުރު މިސްޓޭކެއް ހެދުމަށް ދެން އޭނާ ބޭނުން ނުވާކަމަށާއި އޭނާއަށް ހުށަހަޅާފައިވާ ކޮންމެ ރޫލަކަށް އޭނާ އަމަލު ކުރަން ތައްޔާރަށް ހުރިކަމަށެވެ. އަދި އޭނާއަށް އެރޫލް ހައްގުވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

comment ކޮމެންޓް