ހެލްމެޓް އަޅައިގެން ސައިކަލް ދުއްވަން ޖެހޭ ގޮތަށް ހުށަހެޅި އިސްލާހު ފާހެއްނުވި

ޕީޕީއެމްގެ ޕާލިމަންޓަރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ވިލިފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު: ރިޔާޒު ހުށަހެޅުއްވި ހެލްމެޓް އަޅައިގެން ސައިކަލް ދުއްވަން ޖެހޭ ގޮތަށް ހުށަހެޅި އިސްލާހު ފާސްކުރަން ނުފެންނަކަމަށް މަޖިލީހުން މިއަދު ވަނީ ނިންމާފައި -- ފޮޓޯ/ މަޖިލިސް

ހައުސިން މިނިސްޓްރީން ކަނޑައަޅާ މަގުތަކުގައި ހެލްމެޓް އަޅައިގެން ސައިކަލް ދުއްވަން ޖެހޭ ގޮތަށް ކަނޑައެޅުމަށް ޓަކައި އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފި އެވެ.

އެގޮތަށް ނިންމީ 42 މެމްބަރުން ވޯޓު ދެއްވައިގެން ނެވެ.

ސަރުކާރުގެ ފަރާތުން ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ހުށަހެޅުއްވި އިސްލާހުގައި ވަނީ، ހައުސިން މިނިސްޓްރީން އެކަމަށް ހަދާ ގަވާއިދުގައިވާ ގޮތުގެ މަތީން އެއްގަމު އުޅަނދު ދުއްވުމަށް ކަނޑައަޅާފައިވާ މަގުމަތަކުގައި ދެފުރޮޅުލީ އެއްގަމު އުޅަނދު ދުއްވަން ވާނީ ހެލްމެޓު އަޅައިގެން ކަމަށެވެ.

އެބިލާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރިޔާޒު ވިދާޅުވީ، ގާނޫނަށް އެ އިސްލާހު ހުށަހެޅުއްވީ، މިފަހަކަށް އައިސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި އެކްސިޑެންޓުތައް ހިނގައި ގިިނަ އަދަދަކަށް މީހުންގެ ފުރާނަ ގޮސް، ބައެއް މީހުން ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ނުކުޅެދޭ މީހުންނަށް ވަމުންދާތި ކަމަށެވެ.

comment ކޮމެންޓް