ރިޔާސީ ޕްރައިމަރީތައް އީސީ އިން ބަލަހައްޓަން ޖެހޭ ގޮތަށް ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި

ޕީޕީއެމްގެ ޕުރައިމަރީއެއްގައި މީހަކު ވޯޓު ލަނީ: ސަން ފައިލް ފޮޓޯ

ސިޔާސީ ޕާޓީތަކުން ރިޔާސީ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީ އަކީ އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓަން ޖެހޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް ނިންމައި އެ އިސްލާހު މަޖިލީހުން ބޭރުކޮށްލައިފި އެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި އެގޮތަށް އެ އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 50 މެމްބަރުންނެވެ. އެ އިސްލާހު ފާސްކުރަން ވޯޓު ދެއްވީ ދެ މެމްބަރުން ނެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ހުށަހެޅުއްވި އެ އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް ކޮމެޓީން ނިންމެވީ އެވަގުތު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ނެވެ.

މޫސަ އެ ގޮތަށް އިސްލާހު ހުށަހެޅުއްވި އިރު ރިޔާސީ ޕްރައިމަރީތައް ހޮވުމުގައި އެކި ޕާޓީތަކުން ގެންގުޅޭ އުސޫލު ތަފާތެވެ. ވެރިކަންކުރާ ޕީޕީއެމާއި އިދިކޮޅު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައަޅަނީ ޕްރައިމަރީންނެވެ. ނަމަވެސް ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން އެ ޕާޓީގެ ލީޑަރަކީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެވެ.

comment ކޮމެންޓް