މާސް ވައިރަސްގެ ހަ ކޭހެއް ސައުދީ އަރަބިއްޔާ އިން ފެނިއްޖެ

މާސް ވައިރަސް އާ ބެހޭގޮތުން ސައުދި އަރަބިއްޔާގެ ހެލްތު މިނިސްޓަރު މައުލޫމާތު ދެއްވަނީ--- ފޮޓޯ: ވޯލް ސްޓްރީޓް ޖާނަލް

މިޑްލް އީސްޓް ރެސްޕިރޭޓަރީ ސިންޑްރޯމް (މާސް) އާ ހަ ކޭހެއް ފެނިފައިވާ ކަމަށް ސައުދި އަރަބިއްޔާ އިން ބުނެފި އެވެ.

މާސް ވައިރަސްގެ އާ ކޭސްތަކެއް ސައުދި އަރަބިއްޔާ އިން ފެނިފައި ވަނީ ހައްޖުގެ އަޅުކަމަށް ގިނަ އަދަދެއްގެ މުސްލިމުންތަކެއް މައްކާއަށް އަންނަން ފަށާފައިވާ އިރު އެވެ.

އެ މައްސަލައާ ގުޅިގެން ސައުދި އަރަބިއްޔާގެ ހެލްތު މިނިސްޓަރު ހާލިދު އަލް-ފާލިހު ވިދާޅުވީ ހެލްތު މިނިސްޓްރީ އިން މަސައްކަތް ކުރަމުން އަންނަނީ އެ ވައިރަސް ކޮންޓްރޯލް ކުރުމަށް ކަމަށެވެ.

ވައިރަސްއާ ގުޅިގެން ރިޔާޒުގައި 24 ގަޑި އިރުގެ އިމަޖެންސީ ހިދުމަތްދޭ ވޯޑުތަކެއް ހޮސްޕިޓަލުތަކުގައި ހުޅުވާފައި ހުންނާނެ ކަމަށް ޕަބްލިކް ހެލްތުގެ އަންޑަސެކްރެޓަރީ އަބްދުލް އަޒީޒް ބިން ސާއިދު ވިދާޅުވި އެވެ.

ސައުދި އަރަބިއްޔާ އިން އެންމެ ފުރަތަމަ މާސް ވައިރަސް ފެނިފައި ވަނީ 2012ގަ އެވެ. އެއަހަރު 1،147 މީހަކަށް އެ ވައިރަސް ޖެހިފައިވާ އިރު 487 މީހުން ވަނީ މަރުވެފަ އެވެ.

މާސް ވައިރަސްގެ ސަަބަބުން ހުން އައުމާއި ނިއުމޯނިއާ އަދި ކިޑްނީ ފެއިލްވުން ފަދަ ނުރައްކާތެރި ބަލިތައް ޖެހެ އެވެ. މާސް ވައިރަސް އަކީ ސާސް ވައިރަސްގެ އާއިލާއަށް ނިސްބަތްވާ ވައިރަސް އެކެވެ. އެއީ ދެކުނު ޗައިނާގައި 2002 އާއި 2003 އާ ދޭތެރޭ ފެތުރިފައިވާ ވައިރަަހެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު