22 ރަށެއްގައި ފުޓްސަލް ދަނޑު އަޅައި 82 ރަށެއްގައި ބަށި ކޯޓް އެޅުމަށް ހަވާލުކޮށްފި

22 ރަށެއްގައި ފުޓްސަލް ދަނޑު އަޅައި 82 ރަށެއްގައި ބަށި ކޯޓް އެޅުމަށް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އާއި މޯލްޑިވްސް ރޯޑް ޑިވްލަޕްމެންޓް ކޯޕަރޭޝަން ދެމެދު ސޮއި ކުރެވުނު ރަސްމިއްޔަތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ފުޓްސަލް އެރީނާގެ ދަށުން" ކުރިއަށް އޮތް ހަ މަސް ދުވަސް ތެރޭގައި 22 ރަށެއްގައި ފުޓްސަލް ދަނޑު އަޅައި 82 ރަށެއްގައި ބަށި ކޯޓް އެޅުމަށް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން މޯލްޑިވްސް ރޯޑް ޑިވްލަޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އާ ހަވާލުކޮށްފި އެވެ.

އެ މަޝްރޫއުގެ އެމްއޯޔޫގައި ސޮއި ކުރުމަށް މިއަދު ގައުމީ ފުޓްބޯޅަ ދަނޑުގެ ވީއައިޕީ ހޯލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހްމަދު ޒުހޫރު ވިދާޅުވީ އެ މަޝްރޫއުގެ އިތުރަށް ވެސް، އިތުރު 22 ރަށެއްގައި ފުޓްސަލް ދަނޑު އެޅުމާއި އިތުރު 80 ރަށެއްގައި ބަށި ކޯޓު އެޅުމަށް އެސްޓީއޯ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި އެ މަސައްކަތުގެ އެގްރިމެންޓް ފައިނަލްކޮށް އަންނަ ހަފުތާގައި އެސްޓީއޯއާ އެކު ސޮއި ކުރުމަށް މަސައްކަތް ކުރާނެކަ މަށެވެ.

22 ރަށެއްގައި ފުޓްސަލް ދަނޑު އަޅައި 82 ރަށެއްގައި ބަށި ކޯޓް އެޅުމަށް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއާ މޯލްޑިވްސް ރޯޑް ޑިވްލަޕްމެންޓް ކޯޕަރޭޝަން ދެމެދު ސޮއި ކުރެވުނު ރަސްމިއްޔަތުގައި މިނިސްތާ ޒުހޫރު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ރަސްމިއްޔާޓުގައި އެމްއާރްޑިސިގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް ވިދާޅުވީ އެ ޕްރޮޖެކްޓް ބައެއް ރަށް ރަށަކީ މިހާރު ވެސް އެމްއާރްޑީސީ ސައިޓްތައް ހުރި ރަށްރަށް ކަމަށާއި އެހެންވެ އިތުރު ދަތިތަކެއް ނެތި މަސައްކަތް ކަނޑައެޅިފައިވާ މުއްދަތުގައި ނިންމާލެވޭނެ ކަމަށެވެ.

22 ރަށެއްގައި ފުޓްސަލް ދަނޑު އަޅައި 82 ރަށެއްގައި ބަށި ކޯޓް އެޅުމަށް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއާ މޯލްޑިވްސް ރޯޑް ޑިވްލަޕްމެންޓް ކޯޕަރޭޝަން ދެމެދު ސޮއި ކުރެވުނު ރަސްމިއްޔަތުގެ ތެރެއިން އެމްއާރްދީސީގެ މެނޭޖިން ޑިރެކްޓާ އިބްރާހިމް ނަޒީމް ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަން އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޒުހޫރު ވިދާޅުވީ މާލޭގައި މައްޗަން ގޯޅިގައި އަޅާ ފުޓްސަލް ދަނޑާއި މާފަންނުގައި އަޅާ ފުޓްސަލް ދަނޑުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފަށާނެ ކަމަށެވެ.

22 ރަށެއްގައި ފުޓްސަލް ދަނޑު އަޅައި 82 ރަށެއްގައި ބަށި ކޯޓް އެޅުމަށް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއާ މޯލްޑިވްސް ރޯޑް ޑިވްލަޕްމެންޓް ކޯޕަރޭޝަން ދެމެދު ސޮއި ކުރެވުނު ރަސްމިއްޔަތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ޕޮރެޖެކްޓްގެ އެމްއޯޔޫގައި ޔޫތު މިނިސްޓްރީގެ ފަރާތުން ވަޒީރު ޒުހޫރު ސޮއި ކުރެއްވި އިރު އެމްއާރްޑިސީގެ ފަރާތުން ސޮއި ކުރެއްވީ އެކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ނާޒީމް އެވެ.

comment ކޮމެންޓް