"ބޭބީ ވޯޓާ"އިން ޖީއެސްޓީ ނަގަން އަންގައިފި

ދޫކުރާ ފެންފުޅިތައް ހިފައިގެން އަންހެނަކާއި ކުޑަކުއްޖަކު ދަނީ ---- ސަން ފައިލް ފޮޓޯ

ކުޑަކުދިން ހާއްސަ ފެނެއްކަމަށް ބުނެ ވިއްކާ "ބޭބީ ވޯޓާ" އިން ޖުޑްސް އެންޑް ސާވިސަސް ޓެކްސް (ޖީއެސްޓީ) ނެގުމަށް މީރާއިން ނިންމައިފި އެވެ.

ކުޑަކުދިންނަށް ހާއްސަ ފެނުގެ ގޮތުގައި ރާއްޖެ އެތެރެކޮށްގެން ވިއްކާ "ބޭބީ ވޯޓާ" ފެނަނީ ކުޑަކުދިންނަށް ހާއްސަ އުފެއްދުންތަކެއް ނޫން ކަމަށް، ފުޑް އެންޑް ޑްރަގް އޮތޯރިޓީ(އެފްޑީއޭ) އިން ވަނީ ދާދިފަހުން ބުނެފަ އެވެ.

މީރާއިން މިއަދު ބުނީ ކުޑަކުދިންގެ ކާނާއިން ޖީއެސްޓީ ނުނަގާނެ ކަމަށާއި ނަމަވެސް "ބޭބީ ވޯޓާ"އަކީ ކުޑަކުދިންނަށް ހާއްސަ ފެނެއް ނޫން ކަމަށް އެފްޑީއޭއިން އެހެން އިއުލާން ކުރުމާއެކު ބޭބީ ވޯޓާއިން ހަ ޕަސެންޓް ޖީއެސްޓީ ނަގާނެ ކަމަށެވެ.

"މިއަދުން ފެށިގެން 'ބޭބީ ވޯޓާއިން' ޖީއެސްޓީ ނަގަންޖެހޭނެ ކަމުގައި ދައްނަވަން." މީރާއިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވެއެވެ.

"ބޭބީ ވޯޓާ" ކުޑަކުދިންނަށް ހާއްސަ އުފެއްދުމެއް ނޫން ކަމަށާއި ކުޑަކުދިންނަށް ހާއްސަ ފެންކަމުގެ ބަދަލުގައި އެ ފެން އާންމު ބޯފެނެއްގެ ގޮތުގައި ފުޅީގެ ލޭބަލް ބަދަލުކުރުމަށް ފަހު ވިއްކުން މައްސަލައެއް ނެތް ކަމަށް ވެސް އެފްޑީއޭ އިން ބުނެފި އެވެ.

comment ކޮމެންޓް