200 މީޓަރު ދުވުމުގެ ފައިނަލުން ސާއިދު ރިހި މެޑްލް ހޯދައިފި

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 200 މީޓަރު ދުވުމުގެ ފައިނަލްގައި ރާއްޖޭގެ ހަސަން ސާއިދު ދެ ވަނައިގައި ޜޭސް ނިންމަނީ. އެ އިވެންޓުން ސާއިދުއަށް ލިބުނީ ރިހި މެޑަލް --- އެމްއޯސީ ފޮޓޯ/ އިބްރަހިމް އުޝާފަތު

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ 200 މީޓަރު ދުވުމުގެ ފައިނަލުން ހަސަން ސާއިދު ރިހި މެޑަލް ހޯދައިފިއެވެ.

މިއަދުގެ 200 މީޓަރު ފައިނަލުން ރިހި މެޑަލް ހޯދިއިރު އޭނާ ވަނީ މިދިޔަ އާދިއްތަ ދުވަހު 100 މީޓަރު ދުވުމުގެ ފައިނަލުން އެއްވަަނަ ހޯދައި ރާއްޖެއަށް ރަން މެޑަލް ހޯދައިދީފައެވެ.

ސާއިދަކީ އައިއޯއިޖީގައި ރާއްޖެއަށް ފުރަތަރަމަ ފަހަރަށް ރަން މެޑައްޔެއް ހޯދައިދިން ފުރަތަމަ އެތުލީޓެވެ.

މިއަދު ހަވީރު ބޭއްވި 400 މީޓަރު އިވެންޓުގެ ފައިނަލްގައި ރާއްޖޭގެ ހުސައިން އިނާސް އަށް އެތުލީޓުންނާ ވާދަކޮށް އޭނާއަށް ލިބުނީ ފަސް ވަނައެވެ.

މީގެ އިތުރުން 200 މީޓަރުގެ އަންހެން އިވެންޓްގައި ރާއްޖޭ އަފާ އިސްމާޢީލް ރޭސް ނިމުމާއެކު އޭނާ ވަނީ ޓްރެކް މައްޗަށް ވެއްޓިފައެވެ. އޭނާ ރޭސް ނިންމާލީ އަށް ވަނައިގައި އޮވެގެންނެވެ.

comment ކޮމެންޓް