ދިރާގުން އަލަށް ޕޯސްޓްޕެއިޑް ނަގައިގެން އަގުހުރި އިނާމްތަކެއް

ދިރާގުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ސަން ފޮޓޯ: ޔޫސުފް ސޮއްވާމް

ދިރާގުން އަލަށް ޕޯސްޕެއިޑް ނަގާ ފަރާތްތަކަށް ހާއްސަ އިނާމްތަކެއް ލިބޭ ޕްރޮމޯޝަނެއް އެކުންފުނިން ފަށައިފިއެވެ.

ދިރާގުގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މާކެޓިން ޕަބްލިކް ރިލޭޝަންސްގެ އެސިސްޓަންޓް މެނޭޖަރު އިބްރާހިމް އިމްޖާދު ޖަލީލު ވިދާޅުވީ، އަންނަ އޮކްޓޫބަރު މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް ދިރާގުން ޕޯސްޓްޕެއިޑް ނަގާ ފަރާތްތަކުގެ މެދުގައި ކޮންމެ ހަފްތާއަކު ނެގޭ ގުރުއަތަކުން އަގު ބޮޑެތި އިނާމްތަކެއް ލިބިގެންދާނެ ކަމަށެވެ.

"މުޅިން އަލަށް ޕޯސްޕެއިޑް ނަމްބަރެއް ނަންގަވާ ކޮންމެ ބޭފުޅަކަށް ވެސް ވަރަށް ހާއްސަ އިނާމްތަކެއް، ވަރަށް ސްމާޓް އިނާމްތަކެއް ޒުވާނުންނާއި ގުޅުންހުރި ޒުވާނުންނަށް ހާއްސަ އިނާމްތަކެއް ލިބިގެންދާ ޕްރޮމޯޝަނެއް މިއަދު އަޅުގަނޑުމެން މި ތައާރަފް ކުރަނީ،" އިމްޖާދު ވިދާޅުވިއެވެ.

ހަފްތާއަކު އެއް ފަހަރު ނަގާ ލަކީޑްރޯއިން ދޭ އިނާމްތަކުގެ ތެރޭގައި "ޕްލޭޓޭޝަން4" އަކާއި "އައިފޯން ސިކްސް" އަކާއި "ސެމްސަންގް55" އާއި "ސްމާޓް 3ޑީ ޓީވީ" ގެ އެއްގެ އިތުރުން "ޑްރޯމް" އަކާއި "މެކްބުކް ޕްރޯ"ގެ އިތުރުން "ގޯޕްރޯ ހީރޯ 4 ބުލެކް" އަކާއި "އައިޕެޑް އެއާ 2" އަކާއި "ސެމްސެމްސަންގް ގެލެކްސީ 6 އެޖް" ހިމެނެއެވެ.

އިމްޖާދު ވިދާޅުވީ، ދިރާގު ޕޯސްޕެއިޑަކަށް ބަދަލު ކުރަން ބޭނުންވާ ފަރާތްތަކުން މިހާރު ގެންގުޅޭ ދިރާގުގެ ޕްރީޕެއިޑް ނަމްބަރު ބަދަލުކުރަން ނުޖެހޭއިރު އިތުރު ފީއެއްވެސް ދައްކަން ނުޖެހޭނެ ކަމަށެވެ.

"މިވަގުތު ރާއްޖޭގައި މުއާސަލާތީ ހިދުމަތް ދޭ ކުންފުނިތަކުން ފޯރުކޮށްދޭ އެންމެ ގިނަ ތަފާތު ޕްލޭންތަކެއްގެ މައްޗަށް އެކުލެވޭ ސްމާޓް ޕްލޭންތައް އެކުލެވެނީ ދިރާގުގެ ޕޯސްޕެއިޑް ޕްލޭންތަކުގެ ތެރޭގައި،" އިމްޖާދު ވިދާޅުވިއެވެ.

ދިރާގުން ރާއްޖޭގެ 97 ޕަސެންޓަށް 3ޖީ ހިދުމަތް ފޯރުކޮށްދޭއިރު 55 ޕަސެންޓަށް 4ޖީގެ ހިދުމަތް ދޭ ކުންފުއްޏެކެވެ. ދިރާގު ބިލް މެނޭޖްކުރުމުގެ ފުރުސަތުވެސް ފަސޭހައިން ލިބިގެންދެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް