މާލޭ ގެއަކުން ވައްކަން ކުރި މީހަކު ވަގަށް ނެގި ތަކެއްޗާ އެކު ހައްޔަރު ކޮށްފި

މާފަންނު ގެއަކުން ވަގަށް ނަގާފައިވަނިކޮށް ފުލުހުން ހޯދާފައިވާ ލެޕްޓޮޕް--ޕޮލިސް ފޮޓޯ

މާފަންނު ގެއަކުން ވައްކަން ކުރި މީހަކު ވަގަށް ނެގި ތަކެއްޗާ އެކު ފުލުހުން ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ވައްކަމުގެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ އުމުރުން 23 އަހަރުގެ ފިރިހެނެކެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ މާފަންނު ގެއަކުން ވައްކަންކޮށްފައިވާ ކަމަށް ބުނެ ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން ރޭ 03:15 ހާއިރު އެވެ.

އެމީހާ ހައްޔަރު ކޮށް ބަލައިފާސްކުރި އިރު އެގެއިން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ވޮލެޓަކާއި ލެޕްޓޮޕެއްގެ އިތުރުން ނޯޓު ތިން ފޯނެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އެ މައްސަލާގައި ހައްޔަރުކުރި މީހާއަކީ ވައްކަމާއި ފޭރުމާއި މަސްތުވާތަކެތި ގެންގުޅުމާއި ބޭނުންކުރުމުގެ އިތުރުން ފޭރުމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.

comment ކޮމެންޓް