އިންޑިއާގެ ފޮރިން ސެކްރެޓަރީ ފުރާވަޑައިގެންފި

އިންޑިއާގެ ފޮރިން ސެކްރެޓަރީ ނައިބު ރައީސް އަދީބާ ބައްދަލުކުރައްވަނީ. ސަން ފައިލް ފޮޓޯ

ރަސްމީ ދަތުރުފުޅެއްގައި އިއްޔެ ރާއްޖެއަށް ވަޑައިގެންނެވި އިންޑިއާގެ ފޮރިން ސެކްރެޓަރީ ސުބްރަމާނިއަމް ޖަޔަޝަންކަރު މިއަދު ރާއްޖޭން ފުރާވަޑައިގެންފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ "އިންޑިއާގެ ބޮޑުވަޒީރުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ރާއްޖެ ވަޑައިގެންނެވި ޖަޔަޝަންކަރް މިއަދު ހެނދުނު ރާއްޖޭން ފުރާވަޑައިގެންފި" ކަމަށެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެއަށް ވަޑައިގެންނެވީ ސާކްގެ ގައުމުތަކާ އެކު އޮންނަ ގުޅުން ބަދަހިކުރުމަށް "ސާކް ޔަތުރާ"ގެ ނަމުގައި ފެއްޓެވި ދަތުރުފުޅުގެ ބައެއްގެ ގޮތުގައި ކަމަށެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ އިއްޔެ ވަނީ ނައިބު ރައީސް އަހުމަދު އަދީބު އަރިހަށް އިއްޔެ އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާފަ އެވެ.

ނައިބު ރައީސް އަހުމަދު އަދީބާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އޭނާ ވިދާޅުވީ އިންޑިއާ އިން ރާއްޖެއަށް އަބަދުވެސް އެހީތެރިކަމާއި އެއްބާރުލުން ދޭނެ ކަމަށެވެ.

ޖަޔަޝަންކަރު މިއަދު ރާއްޖެއަށް ވަޑައިގެންނެވީ ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ މެމްބަރު ގައުމުތަކާއެކު އޮންނަ ގުޅުން ބަދަހި ކުރެއްވުމަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ސުބްރަމާނިއަމް ޖަޔަޝަންކަރު ފެށްޓެވި ދަތުރުފުޅުގެ ބައެއްގެ ގޮތުގަ އެވެ. އޭނާ ނައިބު ރައީސް އަހުމަދު އަދީބާއި ބައްދަލުކުރެއްވީ އެމަނިކުފާނުގެ އަރިހަށް ރައީސް އޮފީހަށް ކުރެއްވި ޒިޔާރަތެއްގަ އެވެ.

58914

ސާކްގެ ގައުމުތަކާއި އިންޑިއާ އާއި ދެމެދު އޮންނަ ގުޅުން މިހާރަށް ވުރެ ބަދަހި ކުރެއްވުމަށް "ސާކް ޔަތުރާ"ގެ ނަމުގައި ފެށްޓެވި ދަތުރުގައި އޭނާ ކުރިން ވަނީ ބޫޓާނަށާއި ޕާކިސްތާނަށާއި އަފްޣާނިސްތާނަށް ވެސް ވަޑައިގެންފަ އެވެ.

ސާކް ޔަތުރާގެ ދަތުރުފުޅު ތަކުގައި ޖައިޝަންކަރު މަޝްވަރާތައް މަޝްވަރާ ކުރައްވަމުން ގެންދަވަނީ މުޅި ސާކްގެ ކަންކަމާ ބެހޭ ގޮތުންނެއް ނޫން ކަމަށާއި މަޝްވަރާ ކުރައްވަނީ ވަޑައިގަންނަވާ ގައުމަކާއި އިންޑިއާ އާއި ދެމެދު އޮންނަ ގުޅުމުގެ ކަންކަމާމެދު ކަމަށް އިންޑިއާގެ ނޫސްތަކުން ބުންޏެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ޖައިޝަންކަރަށް އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ ރާއްޖޭގެ ފޮރިން ސެކްރެޓަރީ ޑރ. އަލީ ނަސީރާއި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައިކޮމިޝަނަރު ރާޖީވް ޝަހާރޭއެވެ.

comment ކޮމެންޓް