ފިހަރާތަކާއި ހޮޓާތައް ލަހުން ބަންދުކުރާ މައްސަލަ ފުލުހުން ފާހަގަކޮށްފި

ފިހާރައެއްގެ ތެރޭގައި ބަޔަކު ވިޔަފާރި ކުރަނީ-- ސަން ފައިލް ފޮޓޯ

ބައެއް ފިހާރަތަކާއި ކެފޭ، ރެސްޓޯރަންޓް ފަދަ ތަނަތަނުން ކަނޑައަޅާފައިވާ ގަޑިއަށް ވުރެ ލަސްވަންދެން ވިޔަފާރި ކުރަމުންދާކަން ފަހަކަށް އައިސް ފަހާގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ސަރުކާރުން ކަނޑައަޅާފައިވާ ގޮތަށް، ފިހާރަތައް ރޭގަނޑު 10:00 އަށް އަދި ކެފޭ، ރެސްޓޯރަންޓްތައް 12:00ގައި ބަންދުކުރުމަށް އެފަދަ ތަންތަން ހިންގާ ފަރާތްތަަކަށް ފުލުހުން ވަނީ އަންގައިފަ އެވެ.

ފިހާރަތަކާއި ކެފޭ، ރެސްޓޯރަންޓް ފަދަތަންތަން ބަންދު ކުރާ ގަޑި އަވަސް ކުރަން ސަރުކާރުން ނިންމާފައި ވަނީ މިދިޔަ މާޗު މަހުގެ ތެރޭގަ އެވެ.

ނަމަވެސް މިދިޔަ ރޯދަ މަހާއި ހަ ރޯދަ ތެރޭ ވަނީ ފިހާރަތައް ރޭގަނޑު 11:00 ޖަހަންދެން އަދި ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަން ދަންވަރު 2:00 ޖަހަންދެން ހުޅުވާފައި ބެހެއްޓުމަށް ހުއްދަ ދީފަ އެވެ. ނަމަވެސް އޭގެ ފަހުން ކުރިއެކޭ ވެސް އެއްގޮތަށް ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓް ތައް ބަންދުކުރަން ސަރުކާރުން ވަނީ އަންގާފަ އެވެ.

comment ކޮމެންޓް