އިންޑިއާއިން ހޯދި ދުނިޔޭގެ އެންމެ ބޮޑު ކުޑައިގެ ރިކޯޑް ޗައިނާއިން މުގުރާލައިިފި

ދުނިޔޭގައި މިހާތަނަށް ނެގި އެންމެ ބޮޑު ކުޑަ ޗައިނާގައި ނަގާފައި --- ފޮޓޯ/ ޒިންހުއާ

ދުނިޔޭގައި މިހާތަނަށް އެންމެ ބޮޑު ކުޑަ ނަގައިގެން އިންޑިއާއިން ހެދި ދުނިޔޭގެ ރިކޯޑް ޗައިނާއިން މުގުރާލައިފި އެވެ.

އިންޑިއާއިން 2010 ވަނަ އަހަރު ގާއިމްކުރި އެ ރިކޯޑް ޗައިނާއިން އިއްޔެ މުގުރާލީ އެގައުމުގެ އިރުމަތީގައި އޮންނަ ޖިއަންގްޒީ ޕްރޮވިންސުގައި، ފުޅާ މިނުގައި 23 މީޓަރު އަދި ދިގު މިނުގައި 14.4 މީޓަރު ހުރި ބޮޑު ކުޑައެއް ނަގައިގެންނެވެ.

ޗައިނާގެ ކުޑަ އުފައްދާ ކުންފުންޏަކުން ނެގި އެ ކުޑައިގެ ބަރުދަނުގައި 4.7 ޓަނު (5،700 ކިލޯގްރާމް) ހުރި އިރު ބޮޑު ޕްލާޒާއެއްގެ މަތީގައި ނެގި އެ ކުޑަ 418 އަކަ މީޓަރުގެ ސަރަހައްދަކަށް ފެތުރެއެވެ.

ދުނިޔޭގައި މިހާތަނަށް ނެގި އެންމެ ބޮޑު ކުޑަ ޗައިނާގައި ނެގުމަށް ތައްޔާރުވަނީ --- ފޮޓޯ/ ޒިންހުއާ

ޗައިނާގެ ސްޓޭޓް ނިއުސް އެޖެންސީން ބުނާގޮތުން، ދޮޅު އަހަރު ދުވަހުގެ މަސައްކަތުން ހެދި އެ ކުޑަ ހެދުމަށް ކުޑަ ހެދި ކުންފުނިން 113،000 އެމެރިކާ ޑޮލަރު ހަރަދުކޮށްފައިވެ އެވެ.

އިންޑިއާގެ މެކް ނިއުޔޯކް ލައިފް އިންޝިއުއަރެންސުން މީގެ ފަސް އަހަރު ކުރިން ނެގި ދުނިޔޭގެ އެންމެ ބޮޑު ކުޑައިގެ ދިގުމިނުގައި 17.06 މީޓަރު (56 ފޫޓު) ހުރި އިރު، ފުޅާ މިނުގައި ހުރީ 10.97 މީޓަރު (36 ފޫޓް) އެވެ. އިންޑިއާގެ ޕޫންގެ އިޝަންޔާ މޯލުގައި ނެގި އެ ކުޑައިގެ ބަރުދަނުގައި ހުރީ 2200 ކިލޯ ގްރާމެވެ.

comment ކޮމެންޓް