400 މީޓަރު ދުވުމުގެ ހީޓުން އިނާސް ފައިނަލަށް

400 މީޓަރު ދުވުމުގެ ރޭސް އިނާސް ނިންމަނީ: އޭނަ ވަނި ސެމީފައިނަލްގެ ރޭހުން ތިން ވަަނ ހޯދައި މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައި --- ފޮޓޯ/ މުޙައްމަދު އަހްސަން. މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ 400 މީޓަރު ދުވުމުގެ ހީޓުން ރާއްޖޭގެ ބާރު ދުވުންތެރިޔާ ހުސައިން އީނާސް ފައިނަލަށް ދަތުރުކޮށްފިއެވެ.

އިނާސް ފައިނަލަށް ދިޔައީ މިއަދު ބޭއްވި ސެމީފައިނަލްގައި 49:99 ސިކުންތުން ރޭސް ނިންމައި ހީޓްގެ ތިން ވަަނަ ހޯދައިގެންނެވެ.

މިއަދުގެ ހީޓްގައި އިނާސް (މ) ދުވަނީ: އޭނާ ރޭސް ނިންމާލީ ތިން ވައިގައި އޮވެ --- ފޮޓޯ/ މުޙައްމަދު އަހްސަން. މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

އައިއޯއައިޖީ ކަވަރު ކުރުމަށް ރީޔޫނިއަންގައި ހަރަކާތްތެރިވާ ދިވެހި މީޑިއާ ޓީމުން ބުނީ އިނާސް ރޭސް ނިންމަން ދިޔައިރު އޮތީ ދެވަނައިގައި ކަމަށާއި ނަމަވެސް ފަހަތުގައި ހުރި އެތުލީޓްގެ ހުރި ދުރުމިން ފާހަގަ ނުކުރެވުމުން ނިންމަން ދިޔަ އިރު ފަސޭހަ ކޮށްލެވުމުން ތިން ވަނައިގައި ހުރި އެތުލީޓް ކުރިއަރައި އިނާޝް ތިންވަނައަށް ދިޔައީ ކަމަށެވެ.

400 މީޓަރު ދުވުމުގެ ރޭސް އިނާސް ނިންމާލުމަށްފަހު އިނާސް މަޑުކޮށްލައިގެން --- ފޮޓޯ/ މުޙައްމަދު އަހްސަން. މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

މި އިވެންޓުގެ ފައިނަލް އޮންނާނީ މާދަމާ މެންދުރުއެވެ.

މަސަދަރު: އައިއޯއަިޖީ ކަވަރ ކުރުމަށް ހަރާކާތްެރިވާ ދިވެހި މީީޑިއާ ޓީމް

comment ކޮމެންޓް