ރާއްޖޭގެ އަންހެން ޓީޓީ ޓީމް ބްރޯންޒް މެޑަލް ހޯދައިފި

ރާއްޖޭގެ ޓީތީ ޓީމް ބްރޯްނޒް މެޑައްޔާއެކު --- ފޮތޯ/ ހުސައިން ސިނާން/ މޯލްޑިވްސ ްއޮލިމްޕިކް ކޮމިޓީ

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ޓޭބަލް ޓެނިސް (ޓީޓީ)ގައި ރާއްޖޭގެ އަންހެން ޓީމުން ކުޅުނު ދެ މެޗުން ވެސް މޮޅުވެ ބްރޮންޒް މެޑަލް ހޯދައިފިއެވެ.

ރާއްޖޭގެ އަންހެން ޓީމުން މި މުބާރާތުގެ ތިން ވަނަ ހޯދިއިރު، އެޓީމު ކުޅުނު ހަތަރު މެޗްގެ ތެރެއިން ރާއްޖެ ވަނީ ޗެމްޕިއަންކަން ހޯދި މޮރިޝަސް ބަލިކޮށްފައެވެ. ރާއްޖެއިން އެޓީމް ބަލިކުރީ 3-2 ގޭމުންނެވެ. ރާއްޖެއަށް މެޗްތައް ކާމިޔާބުކޮށްދިނީ ސިންގަލްސް އިވެންޓަތްކުގައި ފާތިމަތު ޖުމާނާ ނިމާލާއި މުއީނާ މުޙައްމަދެވެ. އަދި ޑަބަލްސް މެޗުންވެސް ރާއްޖެ މޮޅުކޮށްދިނީ ހަމަ މި ދެކުޅުންތެރިންނެވެ.

މީގެ އިތުން ރާއްޖެއިން ވަނީ މަޑަގަސްކަރަ ޓީމްގެ މައްޗަށް ވެސް ކަމިޔާބު ހޯދާފައެވެ.

ދިވެހި ޓީމް ބަލިވީ މުބާރާތް ބާއްވާ ގައުމު ރީޔޫނިއަންއާއި ސީޝެލްސް އަތުންނެވެ.

comment ކޮމެންޓް