މިނިވަން 50ގެ ހަނދާނީ ސްޓޭމްޕް ސެޓެއް ރައީސް މައުމޫނަށް ހަދިޔާކޮށްފި

އިއްޔެ އޮފީސް އޮފް ފޯމާ ޕްރެޒިޑެންޑް މައުމޫނުގައި އޮތް ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އޮފީސް އޮފް ފޯމާ ޕްރެޒިޑެންޑް މައުމޫނު

މިނިވަން 50 އާ ގުޅިގެން މޯލްޑިވްސް ފޯސްޓް ލިމިޓެޑް އިން ނެރުނު ހަނދާނީ ސްޓޭމްޕް ސެޓު ރާއްޖޭގެ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫނު އަބްދުލް ގައްޔޫމަށް ހަދިޔާ ކޮށްފިއެވެ.

އޮފީސް އޮފް ފޯމަރ ޕްރެޒިޑެންޓް މައުމޫން ގައި އިއްޔެ އޮތް ރަސްމިއްޔާތެއްގައި އެމަނިކުފާނަށް ސްޓޭމްޕް ސެޓު ހަދިޔާ ކުރައްވާފައިވަނީ ޕޯސްޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަފީގެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަފީގު ވިދާޅުވީ، ދިވެހި ރާއްޖޭގެ ސްޓޭމްޕަކީ ގައުމިއްޔަތު ތަމްސީލުކޮށްދޭ އެއްޗެއް ކަމަށެވެ. އަދި ރައީސް މައުމޫނުގެ ވެރިކަމުގައި ރާއްޖޭގެ ޝަހުސިއްޔަތާއި އަމިއްލަ ވަންތައްކަން ދައްކުވައިދޭ ސްޓޭމްޕް ސެޓްތަކެއް ނެރުވާފައިވާކަން ޝަފީގުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

އިއްޔެ އޮފީސް އޮފް ފޯމާ ޕްރެޒިޑެންޑް މައުމޫނުގައި އޮތް ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އޮފީސް އޮފް ފޯމާ ޕްރެޒިޑެންޑް މައުމޫނު

މިނިވަން ފަންސާހުގެ ހަނދާނީ ސްޓޭމްޕް ސެޓް ބަލައިގަންނަވަމުން، އެ ސްޓޭމްޕް ސެޓް ހަދިޔާކުރެއްވިކަމަށްޓަކައި މޯލްޑިވްސްގެ ޕޯސްޓް ލިމިޓެޑްގެ ވެރިންނަށާއި، މުވައްޒަފުންނަށް ރައީސް މައުމޫން ވަރަށް ބޮޑަށް ޝުކުރުއަދާކުރެއްވިއެވެ.

މިނިވަން 50 އާ ގުޅިގެން މިނިވަންކަންމުގެ ވާހަކަތައް ދައްކުވައިދޭ ގޮތަށް ފަރުމާކޮށްފައިވާ ސްޓޭމްޕު ސެޓެއް މޯލްޑިވްސް ޕޯސްޓުން ނެރެފައި ވަނީ ރާއްޖޭގެ މިނިވަން ދުވަހުއެވެ.

comment ކޮމެންޓް