ދުނިޔޭގެ އެންމެ އަވަސް ސުޕަކޮމްޕިއުޓާ އެމެރިކާގައި އުފައްދަނީ

ސުޕަކޮމްޕިއުޓަރަކީ ހައި ލެވެލް ކެޕޭސިޓީ ކޮމްޕިއުޓަރު---

ދުނިޔޭގެ އެންމެ އަވަސް "ސުޕަކޮމްޕިއުޓާ" ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި އެމެރިކާގައި ހެދުމަށް އެގައުމުގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.

ސުޕަކޮމްޕިއުޓަރަކީ ހައި ލެވެލް ކެޕޭސިޓީ ކޮމްޕިއުޓަރެވެ.

ވައިޓް ހައުސް އިން ނެރުނު ބަޔާނެއްގައި ބުނާ ގޮތުގައި 2025 ގެ ކުރިން ނިންމެވުމަށް ހަމަޖެހިފައިވާ ސުޕަކޮމްޕިއުޓާއަކީ މިހާރު އިން އެންމެ އަވަސް ކޮމްޕިއުޓަރަށްވުރެ 20 ގުނަ އަވަސްވާނެ ކޮމްޕިއުޓަރެއް ކަމަށެވެ. ދުނިޔޭގެ އެންމެ އަވަސް ކޮމްޕިއުޓަރު މިވަގުތު އިނީ ޗައިނާގައެވެ.

އެ ބަޔާނުގައި ބުނާ ގޮތުން ސުޕަކޮމްޕިއުޓަރު އުފެއްދުމުގެ މަސައްކަތުގައި ނޭޝަނަލް ސްޓްރެޓީޖިކް ކޮމްޕިއުޓިން އިނިޝިއޭޓިވް (އެންއެސްސީއައި) ގްރޫޕެން މަސައްކަތް ކުރާނެ އެވެ.

ސުޕަކޮމްޕިއުޓަރުން ސިކުންތެއްގެ ތެރޭގައި ކްއިންޓިލިއަން (ބިލިއަން ބިލިއަން) ކަލްކިއުލޭޝަން ހަދާނެ އެވެ. އެ އަދަދަށް ދެެވިފައިވާ އަނެއް ނަމަކީ އެކްސާފްލޮޕެވެ.

ސުޕަކޮމްޕިއުޓަރުގެ އެހީގައި ބޮޑެތި ސައިންޓިފިކް ރިސާޗު ހަދެމާއި އުނދަގޫ ސިމިއުލޭޝަންގެ އިތުރުން ނޭޝަނަލް ސެކިއުރީގެ ޕްރޮޖެކްޓްތައް ހެދޭނެއެވެ.

ވައިޓް ހައުސްގެ ބްލޮގުގައި ބުނާ ގޮތުން އެ ކޮމްޕިއުޓަރުގެ ސަބަބުން ނޭޝަނަލް އެރޮނޯޓިކްސް އެންޑް ސްޕޭސް އެޑްމިނިސްޓްރޭޝަން (ނާސާ) އަށްވެސް ބޮޑެތި ފަސޭހަތަކެއް ވެގެންދާނެ އެވެ. އެގޮތުން ނާސާއިން އެއާކްރާފްޓްގެ މޮޑެލްތައް ތައްޔާރުކުރާއިރު ބޭކާރު ޓެސްޓުތައް ކުރަން ޖެހޭވަރު ކުޑަ ވެގެންދާނެ ކަމަށް އެ ބްލޮގުގައި ވަނީ ބުނެފައެވެ.

comment ކޮމެންޓް