އޮތީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުން، ނޫނީ އެއްބަސްވުން ބާތިލްކުރުން: ޕޮޕޯފް

ޝީޝެލްއާ ދެކޮޅަށް ނުކުތް ރާއްޖޭގެ ފުރަތަމަ 11-- ފޮޓޯ/ ހުސައިން ސިނާން

ގައުމީ ޓީމުގެ ކޯޗަށް އޮތީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީގެން ދިވެހި ފުޓްބޯޅަ ކުރިއެރުވުން ކަމަށާއި ނުވަތަ ހަފުތާއެއްގެ ތެރޭގައި އެއްބަސްވުން ބާތިލް ކުރުމަށްފަހު އެނބުރި ގައުމަށް ދިއުން ކަމަށް ދިވެހި ގައުމީ ފުޓްބޯޅަ ޓީމްގެ ކޯޗު ވެލިޒާ ޕޮޕޯވް ބުނެފި އެވެ.

އައިއޯއައިޖީ ކަވާ ކުރުމަށް ރީޔުނިއަންއަށް ގޮސް ތިބި މީޑީއާތަކުން ބުނީ ރޭ ޝީޝެލްސްއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ވާހަކަ ދައްކަމުން ޕޮޕޯވް ޒުވާން ކުޅުންތެރިންގެ ހުނަރުވެރި ކަމަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައިވާ ކަމަށެވެ.

ހާއްސަކޮށް ރޭގެ މެޗުގައި ލަނޑު ޖެހި މާޒިޔާގެ ޒުވާން މިޑްފީލްޑާ އަހުމަދު އިމާޒު (އާއްކޮ) އާއި ނިއުގެ ހަމްޒަތު މުހައްމަދުގެ (ހަމްޕް) ދެއްކި ކުޅުމަށް ޕޮޕޯވް ވަރަށް ބޮޑަށް ތައުރީފްކޮށްފައިވާ ކަމަށް ދިވެހި ބައެއް މީޑިއާތަކުން ބުނެ އެވެ.

އެންމެ ފުރަތަމަ މަޔޯއްޓޭއާ ދެކޮޅަށް ކުޅެ ބަލިވި މެޗަށްފަހު ޕޮޕޯވް ވަނީ ސީނިއާ ޓީމް ބައެއް ކުޅުންތެރިންނަށް ފާޑު ކިޔާފަ އެވެ. އެގޮތުން އޭނާ ބުނެފައި ވަނީ ބައެއް ޒުވާން ކުޅުންތެރިންނަށް އެނގެނީ ފޭސްބުކަށް ފޮޓޯލައި އަންހެން ކުދިންނަށް ތިއްތި ދެއްކެން ކަމަށެވެ.

ގައުމީ ކޯޗު ވެލިޒާ ޕޮޕޯފް- ސަން ފޮޓޯ: ފަޔާޒް މޫސާ

އެ ދުވަހު ޕޮޕޯވް ދެއްކި ވާހަކައަށް ރައްދު ދެމުން މާޒިޔާގެ ކޯޗް ޢަލީ ސުޒޭން ކުރެއްވި ޓްވީޓެއްގައި ބުނެފައި ވަނީ ކޯޗް ކަމުގައިވިޔަސް އަދި އެހެން މީހަކު ކަމުގައިވިޔަސް ކުޅުންތެރިންނަށް އިހްތިރާމް ޖެހޭ ކަމަށާއި މަޔޯއްޓޭ އަތުން ބަލިވި ނަމަވެސް ކުޅުންތެރިން ލަދުގަންނަވާލަން ނުޖެހޭކަމަށެވެ.

މަސްދަރު: އައިއޯއަިޖީ ކަވަރު ކުރުމަށް ރީޔުނިއަންގައި ހަރާކާތްތެރިވާ ދިވެހި މީޑިއަތައް

comment ކޮމެންޓް