އެލްޓީ ބަލިކޮށް ޒެފްރޯލް ބައިބަލާގެ ޗެމްޕިއަންކަން ހޯދައިފި

1436 ވަނަ އަހަރުގެ ބައިބަލާ މުބާރާތުގެ ޗެމްޕިއަން ޒެފްރޯލް މުބާރާތުގެ ތަށި އުފުލައިލަނީ -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

އެލްޓީ ސްޕޯޓްސް ކުލަބު ބަލިކޮށް 1436ގެ ބައިބަލާ މުބާރާތުގެ ޗެމްޕިއަންކަން ޒެފްރޯލް ހޯދައިފިއެވެ.

ޒެފްރޯލް ވަނީ މިދިޔަ އަހަރު ފައިނަލްގައިވެސް ކުޅެފައެވެ. ނަމަވެސް މިދިޔަ އަހަރު އެޓީމް ބަލިވީ ބީޖީ ސްޕޯޓްސް އަތުންނެވެ.

ފައިނަލްގެ ދެގޭމްވެސް ޒެފްރޯލުން ވަނީ ކާމިޔާބުކޮށްފައެވެ.

ޒެފްރޯލް ފައިނަލަށް ދަތުރު ކުރީ ރޭ ކުޅެވުނު ފުރަތަމަ ސެމީފައިނަލް މެޗްގައި ސީކޭ ބަލިކުރުމަށްފަހުގައެވެ. އެލްޓީ ފައިނަލަށް ދަތުރު ސެމީފައިނަލް ދެ ވަަނަ މެޗްގައި އީގަލްސްއިން ތިރީޑީ ބަލިކުރުމަށްފަހުގައެވެ.

މުބާރާތުގެ މިސްޓަރ ބައިބަލާއަކަށް ހޮވުނީ ޒެފްރޯލްގެ ޢަބްދުﷲ ނިޝާއު (އަބޯ) އެވެ. މިސްޓަރ ބައިބަލާގެ އެވޯޑާއެކު އޭނާއަށް ވަނީ ދިހަ ހާސް ރުފިޔާގެ އިނާމެއް ލިބިފައެވެ.

ޗެމްޕިއަންކަން ހޯދި ޒެފްރޯލްއަށް އިނާމާއި މެޑަލް ހަވާލުކޮށްދެއްވީ ނައިބު ރައީސް އަހްމަދު އަދީބެވެ.

މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުން ޒެފްރޯލަށް ވަނީ، ބައިބަލާގެ ތައްޓާއެކު ބައިބަލާ އެސޯސިއޭޝަނުން ކަނޑައަޅާފައިވާ އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމް ވަނީ ލިބިފައެވެ.

ރަނަރަފް އެލްޓީއަށް ވަނީ 45 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ލިބިފައެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ

  • ހަސަން ނާފިއު - ކުލަބު ޒެފްރޯލް
  • ޙުސައިން ފަޒީލް - ކުލަބު ޒެފްރޯލް
  • ޙުސައިން ޝާއިފް އަހްމަދު - ކުލަބު ޒެފްރޯލް
  • އަހްމަދު މިރުޝަލް ޔާސިރު – އެލްޓީ ސްޕޯޓްސް
  • އަހްމަދު އިމާޒް - އޮއެހާ ސްޕޯޓްސް

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ޗެމްޕިއަން ޒެފްރޯލްގެ ކޯޗް އަހްމަދު ޔާސިރު (ޔާއްޓޭ) އެވެ. ޔާއްޓޭއަކީ މިދިޔަ އަހަރު މުބާރާތް ބީޖީއަށް ކާމިޔާބުކޮށްދިން ކޯޗެވެ.

comment ކޮމެންޓް