ގޭމް އޮފް ތްރޯންސް ސީޒަން އަށަކުން ނިންމާލަނީ

ގޭމް އޮފް ތްރޯންސްގެ މަންޒަރެއް --- ފޮޓޯ ގާޑިއަން

ޓެލެވިޒަން ކްރިޓިކްސް އެސޯސިއޭޝަން ގެ ބައްދަލުވުމެއްގައި އެޗްބީއޯ ގެ އޮފިޝަލެއް ކަމުގައިވާ މައިކަލް ލޮމްބާޑޯ މިދިޔަ ބުރާސްފަތި ދުވަހު އެ ޗެނަލްގެ މަގަބޫލު ޑްރާމާ ސިލްސިލާ ކަމުގައިވާ ގޭމް އޮފް ތްރޯންސް ގެ މުސްތަގުބަލާ މެދު ވާހަކަ ދައްކަމުން ބުނިގޮތުގައި ސީޒަން ހަޔަކަށް ފަހު އިތުރު ދެ ސީޒަނެއް ނެރެވޭނެ އެވެ.

މިހާރު ޝޫޓް ކުރަމުން އަންނަ ހަވަނަ ސީޒަން ނިކުންނާނީ އަންނަ އަހަރުގައެވެ. އަދި މައިކަލް ބުނި ބަހުގެ މާނައަކީ 2018 ގައި މި މަގުބޫލު ޑްރާމާ ސިލްސިލާ ބެލުންތެރިންނާއި އަލްވަދާއު ކިޔާނެ ކަމެވެ.

މައިކަލްގެ ވާހަކައިގައި ޖޯޖް މާޓިންގެ ވާހަކަ ސިލްސިލާ "އަ ސޯންގް އޮފް ފަޔާ އެންޑް އައިސް" ގައި ހަވާލާ ދީފައިވާ އަޔަން ތްރޯނަށް ކުރިން ކުރި ހަނގުރާމަ އަށް ބިނާކޮށް ޑްރާމާ ސިލްސިލާއެއް އުފެއްދުމުގެ ޝައުގުވެރިކަން ވެސް ފާހަގަ ކުރިއެވެ.

މިއަހަރު ނިކުތް ގޭމް އޮފް ތްރޯންސް ސީޒަން ފަހެއް އެވަރެޖް ގޮތެއްގައި 20 މިލިއަން މީހުން ބެލިއެވެ. އަދި 24 "އެމީ އެވޯޑްސް" ނޮމިނޭޝަން ލިބުނެވެ. ސީޒަން ފަހެއްގައި ދައްކައިދިން އިއްފައިތެރިކަން ފޭރުމުގެ މަންޒަރާއި ކުޑަކުއްޖެއް ދިރިހުއަޓައި އަންދާލި މަންޒަރުގެ ސަބަބުން މި ޑްރާމާ އަށް ވަނީ ފާޑުކިޔުންތަކެއް ވެސް ކުރިމަތިވެފައެވެ.

މާކް އެ ޑްރާމާގައި ދައްކައިދޭ އަނިޔާވެރި މަންޒަރުތައް ދިފާއުކޮށް ވާހަކަދެއްކިއެެވެ. އޭނާ ބުނި ގޮތުގައި އެ އަނިޔާވެރި މަންޒަރުތަކަކީ ވާހަކައިގެ ބައެކެވެ. އަދި އެ ޑްރާމާ އުފެއްދި ޑޭން ވެއިސް އާއި ޑޭވިޑް ބެނިއޯފްއަށް ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށް ބުންޏެވެ.

ސީޒަން ފަހެއް ނިމުނީ ގިނަ މީހުންގެ މަގުބޫލުކަން ލިބިފައިވާ ކެރެކްޓާއެއް ކަމުގައިވާ ޖޮޮން ސްނޯގެ މަރާ އެކުގައެވެ. ގިނަ ބެލުންތެރިން ގަބޫލުކުރާ ގޮތުގައި ޖޮން ސްނޯ މަރެއް ނުވެއެވެ. އޭނާ އެނބުރި އަންނާނެއެވެ.

"އަހަރެންނަށް ފެނުނު، އަޑުއިވުނު، އަދި ކިޔުނު ހުރިހާ އެއްޗަކުން އިނގެނީ ޖޮން ސްނޯ މަރުވެއްޖެކަން،" މައިކަލް ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު