މަޑަގަސްކަރަ އަތުން ސީދާ ތިން ސެޓުން ދިވެހި އަންހެން ވޮލީ ޓީމް ބަލިވެއްޖެ

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ އަންހެން ވޮލީ ތީމާއި މަޑަގަސްކަރައިގެ ވޮލީ ޓީމް ބައްދަލު ކުރި މެޗްގެތެރެއިން: މިމެޗް ސީދާ ތިން ސެޓުން ކާމިޔަބުރީ މަޑަގަސްކަރަ

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި މަޑަގަސްކަރައާ ވާދަކޮށް ރާއްޖޭގެ އަންހެން ވޮލީބޯލް ޓީމް ސީދާ ތިން ސެޓުން ބަލިވެއްޖެއެވެ.

ތިން ސެޓްވެސް މަޑަގަސްރަ ކާމިޔާބު ކުރީ ބޮޑު ތަފާތަކުންނެވެ. އެގޮތުން ފުރަތަމަ ސެޓްގައި 25-14 އިން ކާމިޔާބު ކުރިއިރު ދެ ވަނަ ސެޓް ކާމިޔަބު ކުރީ 25-12 އިންނެވެ. އަދި ތިން ވަނަ ސެޓް ކާމިޔާބު ކުރީ 25-16 އިންނެވެ.

މަޑަގަސްކަރައިގެ ދިގު ކުޅުންތެރިން ދިވެހި ކުޅުންތެރިން އުފެއްދި ހަމަލާތައް ބްލޮކް ކުރިއިރު މަޑަގަސްކަރައިން އުފެއްދި ހަމަލާތައް ހުއްޓުވުމަށް ދިވެހި ކުޅުންތެރިންނަށްވަނީ އުނދަގޫތަކެއް ކުރިމަތި ވެފައެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ދިވެހި ގައުމީ ކޯޗް އިބްރާހީމް ޖަލީލް (ޖައްލޭ) ބުނީ އިދިކޮޅު ޓީމްގެ ކުޅުންތެރިން ދިގުވުމުން އެޓީމްގެ ޝޮޓްތައް ބުލޮކް ކުރުމަށް ދިވެހި ކުޅުންތެރިންނަށް އުދަގޫވިކަމަށާއި އަދި ޕްރެކްޓިސް މަދުވުމުގެ ސަބަބުން ފަސޭހަ ގިނަ ބޯޅަތަކެއް މިސްވެގެންދިޔަކަމަށެވެ.

ޖައްލޭ ބުނީ، ގައުމީ އަންހެން ވޮލީ ޓީމަށް ރަހްމަތްތެރިކަމުގެ ގިނަ މެޗްތަކެއް ބޭނުންވާ ކަމަށެވެ.

މަސްދަރު: އައިއޯއައިޖީ ކަވަރު ކުރުމަށް ރީޔުނިއަންގައި ހަރަކާތްތެރިވާ ދިވެހި މީޑިއާ ޓީމް

comment ކޮމެންޓް