އީދު މިސްކިތުން ފުލުހުން ހޮވި ފޮށްޓެއްގެ ވެރިޔަކު ހޯދަނީ

އީދު މިސްކިތުގައި ހުއްޓައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ، ވެރިފަރާތެއް ހޯދުމަށް ފުލުހުން އިއުލާނުކޮށްފައިވާ ފޮށި -- ފޮޓޯ: ޕޮލިސް މީޑިއާ

މިދިޔަ ހުކުރު ދުވަހު މާލޭ އީދު މިސްކިތްތެރޭގައި ހުއްޓައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ފޮށްޓެއްގެ ވެރިޔަކު ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.

ފުލުހުންގެ ވެބްސައިޓްގައި ހާމަކޮށްފައިވާ 'އަލްނާސް ޖުވެލްރީސް' ބްރޭންޑްގެ ކަޅާއި ނޫކުލައިގެ އެ ފޮށްޓާ ބެހޭގޮތުން ފުލުހުން ބުނީ، "މަތީގައިވާ ފޮޓޯއިން ފެންނަ ފޮށްޓަކީ، 2015 ޖުލައި 31 ވަނަ ދުވަހު ޢީދު މިސްކިތުގައި ވެރިއަކު ނެތި ހުއްޓައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ފޮށްޓެއް" ކަމަށެވެ.

އަދި އެ ފޮށީގެ ވެރިޔަކު ވާނަމަ ފޮށްޓާބެހޭ އިތުރު މައުލޫމާތު، 9981339 ނަންބަރަށް ގުޅައިގެން މައުލޫމާތު ހިއްސާ ކުރުމަށްފަހު ފޮށްޓާ ހަވާލުވުމަށް ވެސް ފުލުހުން އެދިފައި ވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް