ސެޕްޓެމްބަރު ނިމެންވާއިރަށް 'ގެއްލުނު ގަޑިތައް' ކަވަރު ކުރެވޭނެ: އެޑިއުކޭޝަން މިނިސްޓަރު

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ވާހަކަފުޅު ދައްކަވަނީ--- ސަން ފޮޓޯ: ފަޔާޒް މޫސާ

ރާއްޖޭގެ ރަށްތަކުގައި ޑެންގީ ފެތުރެން ފެށުމާ ގުޅިގެން ސްކޫލުތައް ބަންދުކުރި ދުވަސްތަކުގެ ސަބަބުން ސިލަބަހުން ގެއްލުނު ގަޑިތައް މިއަންނަ މަސް ނިމެންވާއިރަށް ކަވަރުކޮށް ނިމޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ، ޑެންގީ ހުމާ ގުޅިގެން ސްކޫލުތައް ބަންދުކުރުމަށް ފަހު މިއަދު ސްކޫލުތައް ހުޅުވާފައިވާއިރު އަންނަ މަސް ނިމެންވާއިރަށް ގެއްލުނު ގަޑިތައް ކަވަރު ކުރާނެ ކަމަށާއި އޯލެވެލް އާއި އޭލެވެލް ހަދާ ދަރިވަރުންނަށް އިތުރު އެކްސްޓްރާ ކްލާސްތަކެއްވެސް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ޑެންގީ ހުމާ ގުޅިގެން ސްކޫލުތަކުގެ ކިޔެވުން މެދު ކަނޑާލި ކަމުގައިވިޔަސް އޯލެވެލް އަދި އޭލެވެލް ކިޔަވާ ކުދިންނަށް ވަނީ ހާއްސަ އިތުރު ގަޑިތަކެއް އެ ދުވަސްތަކުގައި ނަގައިދީފައެވެ.

ރާއްޖޭގައި ފެތުރިގެން ދިޔަ ރޯގާތަކާއި ގުޅިގެން ސަރުކާރުން އުފައްދާފައިވާ ޓާސްކްފޯހުގެ ލަފާގެމަތިން ދިވެހިރާއްޖޭގައި ހިންގާ ޕްރީ ސްކޫލްތަކާއި ސްކޫލްތަކުގައި ކިޔެވުން މެދުކަނޑާލައިފައި ވަނީ ޖޫން 30 ގަ އެވެ.

މިއަދު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ، ތައުލީމީ ކަލަންޑަރުގައި ސްކޫލް ބަންދުވާގޮތަށް ކުރިން ހަމަޖައްސާފައިވާ ދުވަސްތަކަށް ސުކޫލްތައް ބަންދުވާނެ ކަމަށެވެ.

މިނިސްޓްރީގެ ކަލަންޑަރު ބުނާގޮތުން ކިޔަވާ ކުދިންނަށް ދެން ބަންދެން ލިބޭނީ މިޓާމުގެ މިޓް މިޑްޓާމްގަ އެވެ. އެއީ އޮގަސްޓު މަހު 30 އިން ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހަށެވެ.

comment ކޮމެންޓް