މައްސަލަ ގަނޑެއްގެ ތެރޭގައި އޮތް ޕީޑީއާރްއެމް، ދަގަނޑޭގެ ގޯލުން ސެލަންގޯއާ އެއްވަރުކޮށްފި

ރޭގެ މެޗްގައި ރާއްޖޭގެ ކެޕްޓަން ޢަލީ އަޝްފާޤް (ދަގަނޑޭ) ސެލަންގޯ ގޯލަށް ބޯޅަ ފޮނުވާލަނީ --- ފޮޓޯ ޕީޑީއާރްއެމް

ރާއްޖޭގެ ކެޕްޓަން ޢަލީ އަޝްފާޤު (ދަގަނޑޭ) ކާމިޔާބު ކުރި ލަނޑުން މައްސަލަ ގަނޑެއްގެ ތެރޭގައި އޮތް ޕީޑީއާރްއެމުން 1-1 ނާތީޖައަކުން ސެލަންގޯއާ އެއްވަރުކޮށްފި އެވެ.

ޝާހް އަލަމް ސްޓޭޑިއަމްގައި ކުޅުނު މެޗްގައި ސެލަންގޯއިން ނަތީޖަ ހަމަ ހަމަ ކުރީ މެޗް ނިމެން ކުޑަ ވަގުތު ކޮޅަކަށް ވެފައިވަނިކޮށެވެ.

ޕީޑީއާރްއެމްގެ ލަނޑު ކާމިޔާބު ކުރީ މެޗްގެ ނުވަ ވަނަ މިނެޓްގަ އެވެ. އެ ލަނޑަކީ ޕީޑީއާރްއެމަށް ލިބުނު އެއްލުމެއްގައި ޕެނަލްޓީ އޭރިއާއަށް ހުރަސްކޮށް ބޯޅަ އެއްލުމުން ޕީޑީއާރްއެމްގެ ކުޅުންތެރިޔަކު ބޮލުން ގޯލް ކުރި މައްޗަށް ހުރަސް ކުރުމުން ދަގަނޑޭ ބޮލުން ފޮނުވާލައިގެން ކާމިޔާބު ކުރި ލަނޑެކެވެ.

ދަގަނޑޭ ބޮލުން ގޯލް ތެރެ ބޯޅަ ފޮނުވާލިރު، އެ ބޯޅަ ދިފާއު ކުރަން ސެލަންގޯގެ ކީޕަރު ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ. އެ ބޯޅަ ގޯލަށް ވަނީ ކީޕަރުގެ ގައިގައި ޖެހިފައެވެ.

ރޭގެ މެޗްގައި ދަގަނޑޭ ކާމިޔާބު ކުރި ގޯލްގެ ވީޑިއޯ:

މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ސެލަންގޯގެ ލިބުނު ހިލޭ ޖެހުން ގޯލަށް ފޮނުވަލައިގެން އެއްވަރު ކުރި ލަނޑު ކާމިޔާބު ކުރީ އަންޑިކް ވަމަންސިޔާއެވެ.

އެ މެޗަށް ނިކުތް އިރު މެޗްފިކްސިން މައްސލައެއްގެ ތުހުމަތުގައި އެ ޓީމުގެ ކޯޗަކަށް ހުރި އަޒުމާން އަދުނާން އާއި އެސިސްޓެންޓް ކޯޗް ނަޒަރުލަވާން މަކްމޯރް އާއި އެ ޓީމުގެ ކްޕެޓަނަކަށް ހުރި މުސްލިމް އަހުމަދާއި މިޑްފީލްޑަރު މޮހްދު ނޫރުލް އަޒުވާން ރާޔޯގެ ކޮންޓރެކްޓް ބާތިލްކޮށްފަ އެވެ.

އެ މެޗަށް ޕީޑީއާރްއެމް ނުކުތީ އެޓީމުގެ ކޯޗަކަށް ވަގުތީ ގޮތުން ހަމަޖައްސާފައިވާ މޮހޮދު ފައުޒީ ޕްލުސްގެ އިރުޝާދުގެ ދަށުންނެވެ.

ރޭގެ މެޗުން ޕީޑިއާރްއެމް އެއްވަރުވެ އެޓީމްގެ ފަހަތުން އޮތް ޓެރަންގަނޫ އެފްސީ މޮޅުވުމުން ޕީީޑީއާރްއެމް އަށްވުރެ އިތުރަށް އެއް ޕްއިންޓް ލިބިގެން 23 ޕޮއިންޓާއެކު ޓަރަންގަނޫ އޮތީ ހަތް ވަނައިގަ އެވެ. ޕީީޑއާރްއެމް އަށް ވަނައިގައި އޮތީ 22 ޕޮއިންޓް ލިބިގެންނެވެ.

ސެލަންގޯ އޮތީ 25 ޕޮއިންޓް ލިބިގެން ތާވަލްގެ ފަސް ވަނާގަ އެވެ. ތާވަލްގެ އެއް ވަނާގައި 36 ޕޮއިންޓާއެކު އޮތީ ޕާހަންގެވެ.

comment ކޮމެންޓް