ޑޮލަރުތަކެއް ހުރި ސިޓީ އުރައެއް މަގުމަތިން ހޮވި ދެ މީހަކު ފުލުހުން ހޯދަނީ

ޑޮލަރުތަކެއް ހުރި ސިޓީ އުރައެއް މަގުމަތިން ހޮވި ދެ މީހަކު

ގިނަ އަދަދެއްގެ ޑޮލަރުތަކެއް އަޅާފައި ހުރި ސިޓީ އުރައެއް މަގުމަތިން ހޮވި ދެ މީހަކު ހޯދަން ފުލުހުން ވީޑީއޯއެއް އާންމުކޮށްފި އެވެ.

ފުލުހުން ބުނީ ސިޓީއުރައަކަށް ލާފައިވަނިކޮށް މަގުމައްޗަށް ވެއްޓި ގެއްލުނު ސިޓީއުރައިގެ ތެރޭގައި 7،500 ޑޮލަރު ހުންނާނެ ކަމަށެވެ.

Appeal for Public Assistance

The Maldives Police Service is appealing for the public’s support in identifying the men caught on CCTV camera.The investigators of the General Investigation Department would like speak with the men seen in the CCTV footage regarding a lost envelope with US$7500 on 27th of July 2015.Anyone with any information about the identity or the whereabouts of these individuals is urged to contact the Maldives Police Service Hotline at 3322111 or the General Investigation Department at 9631696.

Posted by Maldives Police Service on Saturday, 1 August 2015
" />

ފުލުހުން އާންމުކޮށްފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި ދެ ޒުވާނަކު ސައިކަލުގައި އައިސް ޕާކު ކުރުމަށްފަހު، އެނބުރި ދާން އުޅެނިކޮށް އޭގެ ތެރެއިން އެކަކު ސައިކަލު ކައިރިން ސިޓީ އުރައެއް ނަގަ އެވެ. އަދި ސިޓީ އުރައިގެ ތެރޭގައި ހުރީ ކޮންއެއްޗެއްތޯ ބެލުމަށްފަހު ސައިކަލުގެ މަޑި ދަށަށްލާ ތަން ވީޑިއޯއިން ފެނެ އެވެ.

ފުލުހުން ބުނީ މިހާތަނަށް ކުރި މަސައްކަތުން އެއީ ކޮންބައެއްކަން އެނގިފައި ނުވާތީ އެކަމާ ގުޅޭގޮތުން ސުވާލު ކުރުމަށް ފުލުސް އޮފީހަށް އެ މީހުން ހާޒިރު ކުރެވިފައި ނުވާ ކަމަށެވެ. އަދި އެ ދެމީހުންނާއި ގުޅޭ މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ އެކަން ލަސްނުކޮށް ފުލުހުންނަށް އެންގުމަށް ފުލުސް އޮފީހުން އެދެ އެވެ.

comment ކޮމެންޓް