ރަސްމީ ޖާފަތާ މެދު ރައީސް ޔާމީން ހިތްހަމަޖެހިވަޑައި ނުގަންނަވާ

މިދިޔަ އާދީއްތަ ދުވަހު ދަރުބާރު ގޭގައި ބޭއްވި މިނިވަންދުވަހުގެ ރަސްމީ ޖާފަތުގެ ތެރެއިން-- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭރުގެ އިއްޒަތްތެރިންނާއެކު ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖާފަތާ މެދު ރައީސުލްޖުމްހޫރިއްޔާ ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.

މިދިޔަ އާދީއްތަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖާފަތާމެދު ރައީސް ހިތްހަމަނުޖެހުން ފާޅުކުރެއްވީ ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ބައެއް މެމްބަރުން އެ ޖާފަތާ މެދު ހިތްހަމަޖެހިވަޑައިނުގެން އެ ވާހަކަތައް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ވައިބާ ގްރޫޕްގައި ފާޅުކުރެއްވުމުންނެވެ. ޖާފަތާ މެދު ކަންބޮޑުވެވަޑައިގެން ޕީޕީއެމް ޕީޖީ ގްރޫޕު މެމްބަރަކު ވައިބާ ގްރޫޕުގައި ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި ރައީސް އެ ގްރޫޕުގައި ވިދާޅުވި ކަމަށް ވަނީ އެ ވާހަކަތަކަށް "100 ޕަސެންޓް ތާއިދު ކުރާ" ކަމަށެވެ.

ޖާފަތަކީ ވަަރަށް ފެންވަރުދަށް ޖާފަތެއް" ކަމަށާއި އުއްމީދުކުރެއްވި ގޮތް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވެ އެވެ.

މިދިޔަ އާދީއްތަ ދުވަހު ދަރުބާރު ގޭގައި ބޭއްވި މިނިވަންދުވަހުގެ ރަސްމީ ޖާފަތުގެ ތެރެއިން-- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ދެއްވި ރަސްމީ ޖާފަތް ނިއުޕޯޓާ ހަވާލުކޮށްފައި ވަނީ ބިޑް ކުރުމެއް ނެތި ކަަމަށް ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން އެ މައްސަލަ އޭސީސީން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

އެ ޖާފަތުގައި ބައިވެރިވެވަޑައިގެން ބޭރުގެ ބައެއް އިއްޒަތްތެރިންގެ އިތުރުން ގިނަ ބަޔަކު ވަނީ ޖާފަތް އިންތިޒާމާ ކޮށްފައިވާ ގޮތާ މެދު ހިތް ހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް