މާލޭގެ ގެއެއްގައި އަލިފާން ރޯވެއްޖެ

އަލިފާން ރޯވި ގޭގެ ކައިރީގައި އެމްއެންޑީއެފްގެ އަލިފާން ނިއްވާ ލޮރީ-- ސަން ފޮޓޯ/ އަހުމަދު ސާއިލް އަލީ

މާލޭގެ ގެއެއްގައި އަލިފާން ރޯވެއްޖެ އެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިރޭ 10:30 ހާއިރު މ. ރޫބީގައި އަލިފާން ރޯވެގެން ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ އިމާރާތުގައި އަލިފާން ރޯވެފައިވަނީ ކުޑަކޮށް ކަމަށެވެ. އަދި ފުލުހުންގެ މަސައްކަތުން އެ ގޭގައި ރޯވި އަލިފާން ކޮންޓްރޯލުކޮށް ނިއްވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.

މ. ރޫބީގައި އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ނޭނގެ އެވެ. ފުލުހުން ބުނީ އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުންދާ ކަމަށެވެ.

comment ކޮމެންޓް