700 މިލިޔަން ޑޮލަރުގެ ހިޔާނާތުގެ ތުހުމަތެއް ބޮޑުވަޒީރާ މެދު ކުރެވިފައި ވަނިކޮށް މެލޭޝިއާގެ އެޓާނީ ޖެނެރަލް ވަކިކޮށްފި

މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު(ކ) އަދި އޭނާގެ ކުރީގެ ނައިބު މުޙްޔިއްދީން ޔާސީން( ވ). ފޮޓޯ: ބީބީސީ

މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ މައްޗަށް 700 މިލިޔަން ޑޮލަރުގެ ހިޔާނާތުގެ ތުހުމަތެއް ކުރެވި، އެ މައްސަލަ ބަލަމުން ދަނިކޮށް އެގައުމުގެ އެޓާނީ ޖެނެރަލް މަގާމުން ދުރުކޮށްފި އެވެ.

ބީބީސީ އިން މިއަދު ބުނީ ނަޖީބުގެ އަމިއްލަފުޅު އެކައުންޓަށް 700 މިލިޔަން ޑޮލަރު ޖަމާކުރެއްވި ކަމަށް ބުނާ މައްސަލައެއް ބަލަމުން ދަނިކޮށް އެޓާނީ ޖެނެރަލް ކަމުގެ މަގާމުގައި ހުންނެވި ޢަބުދް ޣަނީ ޕަޓައިލް އެމަގާމުން ވަކިކުރުމަށް ފަހު ނެރުނު ބަޔާނުގައި ބުނެފައި ވަނީ އޭނާ މަގާމުން ވަކިކުރީ ސިއްހީ ސަބަބުތަކަކަށް ޓަކައި ކަމަށެވެ. ބޮޑުވަޒީރު ނަޖީބު ވަނީ އެޓާނީ ޖެނެރަލްގެ އިތުރުން ބޮޑުވަޒީރުގެ ނައިބު ވެސް މަގާމުން ވަކިކުރައްވާފަ އެވެ.

ނައިބު ރައީސް މުޙުޔިއްދީން ޔާސީން މަގާމުން ވަކިކުރެއްވި ކަން ޓީވީ މެދުވެރިކުރައްވައި އިއުލާން ކުރެއްވުމަށް ފަހު ނަޖީބު ވިދާޅުވެފައި ވަނީ އެއީ ވަރަށް އުނދަގޫ ނިންމެވުމެއް ކަމަށެވެ.

"...ވަރަށް އުނދަގޫ ކަމެއް. އެކަމަކު ވަރުގަދަ ޓީމަކާ އެކު ކުރިއަށް ދިއުމަށް ޓަކައި މިގޮތަށް މިކަން ކުރަން ޖެހުނީ،" ނާޖީބު ވިދާޅުވި ކަމަށް ބީބީސީގެ ހަބަރުގައިވެ އެވެ.

ހިޔާނާތުގެ ތުހުމަތު ކުރެވުމުން ނަޖީބަށް މެލޭޝިއާގެ އިދިކޮޅު ޕާޓީތަކުގެ އިތުރުން އަމިއްލަފުޅު ޕާޓީން ވެސް ވަނީ ފާޑުކިއުންތައް އަމާޒުވެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު