މޫދުގައި ނިޔާވީ ރާއްޖެ އިން ޖަރުމަނަށް ކަނޑައަޅާފައި ހުންނަވާ އޮނަރަރީ ކޮންސިއުލާ ޖެނެރަލް

އޮނަރަރީ ކޮންސިއުލާ ޖެނެރަލް ގޮޓްފްރިޑް މުކޭ ކުރީގެ ރައީސް މައުމޫންއާ އެކު

ޕެރަޑައިސް އައިލެންޑް ރިސޯޓުގައި މޫދަށް އެރި އުޅެނިކޮށް މިއަދު ނިޔާވެފައި ވަނީ މިނިވަން 50 އަށް ރާއްޖެ ވަޑައިގެން އުޅުއްވި، ރާއްޖެ އިން ޖަރުމަނަށް ކަނޑައަޅާފައި ހުންނަވާ އޮނަރަރީ ކޮންސިއުލާ ޖެނެރަލް ގޮޓްފްރިޑް މުކޭ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ މުކޭ ނިޔާވެފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އަދި މުކޭގެ އާއިލާއަށް މިއަދު ދެވެން އޮތް ހުރިހާ ސަޕޯޓެއް ދެމުން ގެންދާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެ އެވެ.

އުމުރުން 83 އަހަރުގެ މުކޭ އަކީ އޮނަރަރީ ކޮންސިއުލާ ޖެނެރަލްގެ ގޮތުގައި 32 އަހަރު ހިދުމަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ. އެ މިނިސްޓްރީން ބުނީ މުކޭ ނިޔާވި ހަބަރަކީ ވަރަށް ފުން ހިތާމައަކާއި ކުއްލި ސިހުމެއް ލިބިގެން ދިޔަ ހަބަރެއް ކަމަށެވެ. އަދި މުކޭއަކީ ރާއްޖެއާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ބޭފުޅެއް ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެ އެވެ.

comment ކޮމެންޓް