ކުރީގެ މެމްބަރު ނާޒިމް ޑޮކްޓަރަށް ދައްކަން އައިޖީއެމްއެޗަށް ގެންގޮސްފި

މެމްބަރު ނާޒިމް މީގެކުރިން އޭޑީކޭއަށް ގެންދަނީ ---- ސަން ފައިލް ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމް ޑޮކްޓަރަށް ދެއްކުމަށް އައިޖީއެމްއެޗަށް ގެންގޮސްފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު މޫސާ ރަމީޒު ސަން އަށް ވިދާޅުވީ، ނާޒިމް އައިޖީއެމްއެޗަށް ގެންދިޔައީ މިރޭ 1:00 އެހާކަންހާއިރު ކަމަށެވެ.

މޫސަ ވިދާޅުވީ، ނާޒިމް ޑޮކްޓަރަށް ދައްކަން އައިޖީއެމްއެޗަށް ގެންދިޔައީ ހިންމަފުށީ އައްސޭރި ޖަލުގައި ހުންނެވި ޑޮކްޓަރު ކުޑަކުވަސްކޮޅަކަށް މާފުށީ ޖަލަށް ގޮސްފައިވާތީ ކަމަށެވެ.

މީގެކުރިން ނާޒިމް ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ވެސް ފަރުވާދީފައެވެ.

މިރޭ ނާޒިމް އައިޖީއެމްއެޗަށް ގެންދިޔައީ ކޮންކަމަކާ ގުޅިގެން ޑޮކްޓަރަށް ދައްކަން ކަމެއް އަދި ސާފެއް ނުވެއެވެ.

comment ކޮމެންޓް