ދިވެއްސަކު އެތެރެކުރަން އުޅުނު 1.3 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިފި

ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގެން މަސްތުވާތަކެތި-- ފޮޓޯ: ކަސްޓަމް

ހަށިގަނޑުގައި 1.3 ކިލޯގުރާމުގެ މަސްތުވާތަކެތި ފޮރުވައިގެން ރާއްޖެ އެތެރެކުރަން އުޅުނު ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

ކަސްޓަމްސްގެ ސީނިއާ ސުޕްރިންޓެންޑެންޓް އަހްމަދު ނިޔާޒު މިއަދު "ސަން"އަށް ވިދާޅުވީ އިއްޔެ ހެނދުނު ބެންކޮކް އެއާވޭސްއިން އައި އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެއްގެ އަތުން 1.3 ކިލޯގުރާމުގެ މަސްތުވާތަކެތި އަތުލާފައިވާ ކަމަށެވެ.

"އެއާޕޯޓުން އޭނާގެ ހަރަކާތްތައް ހުރިގޮތުން ކަސްޓަމްސް އޮފިސަރުންނަށް ފާހަގަ ކުރެވިގެން އިތުރަށް ބެލިއިރު އޭނާގެ ހަށިގަނޑުގެ ތަންތާގައި ރައްކާކޮށްފައި ހުރީ،" ނިޔާޒު ވިދާޅުވިއެވެ.

ކަސްޓަމްއިން މިއަދު ބުނީ އޭނާގެ ހަށިގަނޑުގައި ރައްކާކޮށްގެން އެތެރެކުރަން މަސައްކަތްކޮށްފައިވާ 123 ބްލެޓްގެ ހެރޮއިންގެ ބަރުދަނުގައި ޕެކިނާއެކު 1.3 ކިލޯގުރާމް ހުރި ކަމަށެވެ.

އެމީހާއާއި މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.

comment ކޮމެންޓް