ނައިބު ރައީސްގެ ކޮއްކޮ ޖަމީލު މަގާމުން ވަކިކޮށްފި

އަބްދުﷲ ޖަމީލް -

ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުންނެވި ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ ކޮއްކޮ އަބްދުﷲ ޖަމީލު ވަޒިފާ އިން ވަކިކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ކޯޑިނޭޓަރެއްގެ މަގާމުގައި ހުންނެވި ނައިބް ރައީސްގެ ކޮއްކޮ ޖަމީލް އެ މަގާމުން ވަކިކޮށްފައި ވަނީ މިއަދު އެވެ. ރައީސް އޮފީހުން ވަނީ އެކަން ސަން އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

ޖަމީލު މަގާމުން ވަކިކުރި ސަބަބެއް އަދި ހާމައެއް ނުވެ އެވެ.

ނައިބު ރައީސްގެ ކޮއްކޮއަށް މިސަރުކާރުން ކޯޑިނޭޓަރެއްގެ ވަޒީފާ ދެއްވާފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ހަ ވަނަ ދުވަހު އެވެ. އޭނާ ސިޔާސީ މަގާމަކަށް ދިއުމުގެ ކުރިން ވަނީ ހަވީރު ނޫހާއި ސަން އޮންލައިންގައި ނޫސްވެރިކަން ކޮށްފަ އެވެ.

ނައިބު ރައީސް ޖަމީލުގެ އިތުބާރު ނެތް މައްސަލަ ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ވަނީ މަޖިލީހަށް ހުށައަޅަފަ އެވެ. އެމަނިކުފާނު މިވަގުތު ހުންނެވީ ލަންޑަންގަ އެވެ.

comment ކޮމެންޓް