ޔޫތު މިނިސްޓްރީ އިން އެންޑީއޭއަށް 25 ހާސް ރުފިޔާގެ ކުޅިވަރު ސާމާނު ފޯރުކޮށްދީފި

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ނެޝަނަލް ޑުރަގު އެޖެންސީއަށް ފޯރުކޮށްދިން ކުޅިވަރު ސާމާނުގެ އެހީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ނާއިފު ޝައުކަތު (ވ) އާއި އެންޑީއޭ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި ޢަބްދުއް ޞޮމަދު ޢަބްދު ރަހުމާން (ކ) --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ބަޖެޓުން ނެޝަނަލް ޑްރަގު އެޖެންސީ (އެންޑީއޭ) އަށް 25 ހާސް ރުފިޔާގެ ކުޅިވަރު ސާމާނު ފޯރުކޮށްދީފި އެވެ.

ކުޅުވަރު ސާމާނުތައް އެންޑީއޭއާ ހަވާލުކުރުމަށް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގައި ބޭއްވި ރަސްމިއްޔާތުގައިވާ ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނާއިފު ޝައުކަތު ވިދާޅުވީ ކުޅުވަރު ސާމަނަކީ ނެޝަނަލް ޑްރަގު އެޖެންސީގެ އެދުމުގެ މަތިން ފޯރުކޮށް ދެވުނު ތަކެތި ކަމަށެވެ.

ކުޅިވަރު ސާމާނު ތެރޭގައި ހިމެނެނީ ފުޓްބޯޅަ އާއި ވޮލީއާއި ބެޑުމިންޓަން އަދި ޓޭބަލް ޓެނިސް ކުޅެވޭނެ ސާމާނު ފޯރު ކޮށްދީފައިވާނެ ކަމަށް ނާއިފު ވިދާޅުވި އެވެ.

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން ނެޝަނަލް ޑުރަގު އެޖެންސީއަށް ފޯރުކޮށްދިން ކުޅިވަރު ސާމާނުގެ އެހީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން އެހީ ހަވާލު ކުރުމުގެ ލިޔުމުގައި ސޮއިކުރަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނާއިފު ވިދާޅުވީ މި އަހަރުގެ މިހާތަނަށް އަތޮޅުތަކުގެ ކުލަބު ޖަމްޢިއްޔާތަކަށް ދެ މިލިއަނަށް ވުރެ ގިނަ ކުޅިވަރު ސާމާނު ފޯރުކޮށްދީފައިވާ ކަމަށެވެ.

އަދި ޔޫތު ސެންޓަރުތަކަށާއި ކުޅިވަރު އެހެން ވަސީލަތްތަކަށް މި އަހަރު މިހާތަނަށް ހަ މިލިއަން ރުފިޔާއަށް ވުރެ ގިނަ އިން ހޭދަކުރެވިފައިވާނެ ކަމަށެވެ.

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ޑެޕިއުޓީ މިނިސްޓަރ ނާއިފު ޝައުކަތު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިރަސްމިއްޔަތުގައި ވާހަކަފުޅު ދައްކަވަމުން އެންޑީއޭ ވަގުތި ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި ޢަބްދުއްޞަމަދު ޢަބްދުރަހުމާން ވިދާޅުވި މި އެހީ އަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި ޒުވާނުންގެ ފަރުވާގެ ތެރެއިން އެމީހުންގެ ފިޒިކަލީ ވަރުގަދަ ކުރުމަށް ޓަކައި ބޭނުން ކުރެވޭނެ އެހީއެއް ކަމަށެވެ.

"މަސްތުވަތަކެތީގެ ވަބާގައި ޖެހިފައި ތިބި ޒުވާނުން ފިޒިކަލީ އެބަ ޖެހޭ ހަށިގަނޑު ވަކިގޮތަކަށް ބައްޓަންކޮށް ވަކިކަހަލަ ގޮތަކަށް ހަށިގަނޑު ހުނަރު އިތުރުކުރަން އެހެންކަމުން ފަރުވާގެ ތެރެއަށް އިތުރު ކުރެވޭ އިތުރު ބޮޅެއްކަމަށް އަޅުގަނަޑުމެންނަށް ގަބޫލު ކުރެވެނީ." ޞަމަދު ވިދާޅުވި އެވެ.

މިކުޅިވަރު ސާމާނުގެ ތެރެއިން ބޮޑު ބައެއް ބޭނުން ކުރެވިގެންދާނީ ހުޅުމާލޭގައި ހުޅުވުމަށް ތައްޔާރު ވަމުންދާ މަސްތުވާ ތަކެތަކެއްޗަށް ފަރުވާ ދޭ "ހާފޭ ހައުސް' އަށް ކަމަށެވެ.

އެންޑީއޭ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި ޢަބްދުއް ޞަމަދު ޢަބްދު ރަހުމާން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޞޮމަދު ވިދާޅުވީ ހުޅުމަލޭގައި ހުޅުވާ 'ހާފޭ ހައުސް'ގެ ހުރިހާ ތައްޔާރީތަކެއް މިހާރު ކުރެވިފައިވާ ކަމަށާއި ކުރިއަށް އޮތް ތިން ހަފުތާތެރޭގައި އެތަން ހުޅުވުމަށް އުންމީދު ކުރަ ކަމަށެވެ.

comment ކޮމެންޓް