ސަރުކާރާ ދެކޮޅަށް ގަރާރު ނެރެންޏާ ގާނޫނު ބަދަލު ކުރާނެ: ރިޔާޒު ރަޝީދު

ޕީޕީއެމްގެ ޕާލިމަންޓަރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ވިލިފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު: ފޮޓޯ/ މަޖިލިސް

ލާމަރުކަޒީ އުސޫލުން ކައުންސިލްތައް ލިބުމުން ސަރުކާރާ ދެކޮޅަށް ގަރާރު ނެރެ ސަރުކާރުގެ ޕްރޮޖެކްޓްތައް ހުއްޓުވައި ހެދުމުން ގާނޫނު ބަދަލު ކުރުމަށް ސަރުކާރަށް މަޖުބޫރުވާނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެ އެވެ.

ލާމަރުކަޒީ އުސޫލަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރިޔާޒު ވިދާޅުވީ ސަރުކާރުގެ މަސައްކަތްތައް ހުއްޓުވަން އުޅޭ ނަމަ ގާނޫނު ހަދަން ޖެހޭ އިރު އެ ގާނޫނުތައް ބަދަލުކޮށް އައު ގާނޫނު ހަދާނެ ކަމަށާއި އެއަށް ފަހު ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ފޯރު ކޮށްދޭނެ ކަމަށެވެ.

"ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތައް ލިބުނީމާ ސަރުކާރާ ދެކޮޅަށް ގަރާރުތަކެއް ނެރެ، ސަރުކާރުގެ ޕްރޮޖެކްޓްތައް ހުއްޓުވައި ކަންތައްތައް ކުރީމާ ސަރުކާރު މަޖުބޫރުވާނެ ގާނޫނަށް ބަދަލު ގެންނަން. އަދި އެ ބަދަލުތައް ގެންނާނަން. ސަރުކާރުން މިކަންތައް ކުރާނަން. ކޮށްފައި ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރު ކޮށްދޭނަން،" ރިޔާޒު ވިދާޅުވި އެވެ.

ރައްޔިތުންނަށް އެހާ ގިނަ ގުނަ މަސައްކަތްތައް ސަރުކާރުން ކޮށްދޭ އިރު އެ ހިދުމަތްތަކުގެ އަގު ވަޒަން ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ލާމަރުކަޒީ އުސޫލަށް ބަދަލު ގެނައި ކަމުގައި ވިޔަސް ރާއްޖެ އަށް އެންމެ ކަމުދާ ނިޒާމަކީ ރައީސް މައުމޫންގެ ދައުރުގެ ސިސްޓަމް ކަމަށް ރިޔާޒް ވިދާޅުވި އެވެ. އެ ސިސްޓަމަކީ ރަށުގައި ކަތީބުންތިބެ އަތޮޅުތަކުގައި އަތޮޅުވެރިން ތިއްބެވުން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު