މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ރައީސް ވަހީދު އދ.ގައި ތަގުރީރު ކުރައްވައިފި

ރައީސް ޑރ. ވަހީދު އދ. ގައި ތަގުރީރުކުރައްވަނީ -- ފޮޓޯ: ރައީސް ވަހީދުގެ އޮފީސް

މޫސަމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން އދ.ގައި ތަގުރީރު ކުރައްވައިފި އެވެ.

އދ.ގައި އޮތް ކައުންސިލް އޮފް ސޯޝަލިސްޓް އިންޓަނޭޝަނަލްގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަހީދު ވަނީ ރާއްޖެ އަށް ކުރިމަތިވަމުން އަންނަ މޫސުމާ ގުޅޭ ނުރައްކާތެރި ކަމަށް އަލިއަޅުވާލާފަ އެވެ. މީގެ އިތުރުން ޕެރިހުގައި އޮންނަ މޫސުމާ ބެހޭ ބައްދަލުވުން ކޮޕް 21ގައި ނިންމަން ޖެހޭ ކަންތައްތަކާ ބެހޭ ގޮތުން ވެސް ޑރ. ވަހީދު ވާހަކަ ދެއްކެވި އެވެ.

ސޯޝަލިސްޓް އިންޓަނޭޝަނަލްގެ ޖަލްސާގެ ތެރެއިން -- ފޮޓޯ: ސޯޝަލިސްޓް އިންޓަނޭޝަނަލް ވެބްސައިޓް

ރައީސް ވަހީދު ތަގުރީރުކުރެއްވީ ސޯޝަލިސްޓް އިންޓަނޭޝަނަލްގެ ދައުވަތަކަށެވެ. ސޯޝަލިސްޓް އިންޓަނޭޝަނަލަކީ 100 އަށް ވުރެ ގިނަ ސިޔާސީ ޕާޓީތައް ހިމެނޭ ޖަމާއަތެކެވެ.

ރައީސް ވަހީދުގެ އިތުރުން އެ ޖަލްސާގައި އދ.ގެ ޑެޕިއުޓީ ސެކެއްޓަރީ ޖެނެރަލް ޔާން އެލަޔަސަން އާއި ޔޫއެންޑީޕީގެ އެޑްމިނިސްޓްރޭޓާ ހެލަން ކްލާކް ވާހަކަ ދެއްކެވި އެވެ.

އެ ޖަލްސާގައި ގައުމުތަކުގެ ސަލާމަތާއި ދެމެހެއްޓެނިވި ތަރައްގީ އާއި މުސުމަށް އަންނަ ބަދަލާއި ބެހޭ ގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް