ދެ ރަށެއްގެ ސިއްހީ މަރުކަޒު މަރާމާތު ކުރުމަށް ބަޔަކާ ހަވާލުކޮށްފި

ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ ފަޔާޒު ޔޫސުފް

އަތޮޅުތަކުގެ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގެ އާބާތުރަ ފިލުވުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން ދެ ރަށެއްގެ ސިއްހީ މަރުކަޒު މަރާމާތް ކުރުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.

ހެލްތު މިނިސްްޓްރީގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ ފަޔާޒު ޔޫސުފް

ހެލްތު މިނިސްޓްރީގައި މިއަދު އޮތް ހަފްލާއެއްގައި ސޮއިކޮށްފައިވާ ދެ އެއްބަސްވުމަކީ ބ. ދޮންފަނުގައި އަލަށް ގާއިމްކުރާ ސިއްހީ މަރުކަޒުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމާ ބެހޭ ޕްރޮޖެކްޓާއި ގދ. ފަރެސްމާތޮޑާގެ ސިއްހީ މަރުކަޒުގެ ޖާގަ އިތުރު ކުރުމަށް ކުރިއަށް ގެންދާ މަޝްރޫއެ އެވެ.

ދޮންފަނުގެ ޕްރޮޖެކްޓަށް 759،190 ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުކުރާ އިރު ފަރެސްމާތޮޑާގެ ޕްރޮޖެކްޓަށް 1،426،259 ރުފިޔާ ހަރަދުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ އަތޮޅުތަކުގެ ރަށްރަށުގެ ސިއްހީ ހިދުމަތްދޭ ތަންތަން މަރާމާތު ކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން މިހާތަށް 88 ރަށެއްގެ މަސައްކަތް ނިމިފައިވާ އިރު 24 ރަށެއްގެ މަސައްކަތް ފެށިފައިވާ ކަމަށް ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ ފަޔާޒު ޔޫސުފް

މި ރަށްރަށުގެ ސިއްހީ ހިދުމަތްދޭ ތަންތަން މަރާމާތު ކުރުމަށް ދައުލަތުގެ ބަޖެޓުން 188 މިލިއަން ހަރަދުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިއިން ކޮންމެ ދާއިރާއެއްގައި ވެސް ސިއްހީ މަރުކަޒާއި ހިދުމަތްދޭން ޖެހޭ ފަދަ މެޑިކަލް ސަޕްލައި އަދި ހިދުމަތްދެވޭނެ ޑޮކްޓަރުންނާއި ނަރުހުން ފޮނުވުމުގެ މަސައްކަތް މިނިސްޓްރީން ގެންދާނީ ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް