މާކުރަތު ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައިފި

ރ. މާކުރަތު

ރ. މާކުރަތު ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ސަން އަށް ވިދާޅުވީ މާކުރަތުގައި ހުންނަ އިޔާޝް ކިޔާ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލި މައްސަލަ މިއަދު ހެނދުނު 10:45ގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލި ނަމަވެސް އެ ފިހާރައިން އެއްވެސް އެއްޗެއް ވަގަށްނަގާފައިނުވާ ކަމަށް ފުލުހުން ބުނެ އެވެ.

އެ ހާދިސާ އުނގޫފާރު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަ އިރު، މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއްނުވެ އެވެ.

comment ކޮމެންޓް