ބާތަކުގައި މޮޑެލް ކުރަން އުޅުނު ޖެމީ އިސްލާމްދީން ގަބޫލުކުރީ އަންހެނުންނަށް ކުރާ އިހުތިރާމް ފެނުމުން

ޖެމީ އަކީ އެމެރިކާއަށް އުފަން އަންހެނެކެވެ. އޭނާގެ އުމުރުން 17 އަހަރުގައި ޖެމީގެ ބައްޕަ އޭނާ ގޭން ބޭރުކޮށްލުމުން ބާތަކުގައި މޮޑެލްކުރަން ފެށީ ދިރުއުޅުމަށް އާމްދަނީ ހޯދުމުގެ ގޮތުންނެވެ. ބާތަކުގައި ޒުވާން ފިރިހެން ކުދިންގެ ހިތްތަކުގެ ރާނީ އަކަަށް ޖެމީ ވެގެން ދިޔަ އެވެ.

ފިރިހެނުންގެ ހިތްތަށް އަތުލުމަށް އިތުރު ހިތްވަރެއް ޖެމީ ހޯދީ މަސްތުވާތަކެތީގެ އެހީގައެވެ. ޑްރަގް ބޭނުން ކުރަން ޖެމީ ފެށިއިރު އޭނާގެ ހިތުގައި އެޔަށް އެޑިކްޓް ނުވާނެ ކަމަށް ނިންމިޔަސް ކަންވެގެން ދިޔައީ އެއާ ހިލާފަށެވެ. އެއްދުވަހު ބޭނުންކުރުމަށް ފަހު އަނެއްކާވެސް އެ ބޭނުން ކުރަން ހިތް އެދުނު ކަމަށް ޖެމީ ބުންޏެވެ. އޭގެ ފަހުން ފަސް އަހަރު ވަންދެން ޑްރަގް އެޑިކްޓަކަށް ވެ ބާތަކުގައި ޒުވާން ފިރިހެން ކުދިންގެ ހިތްތަކުގެ ރާނީ ކަމުގައި ވި ޖެމީ އިސްލާމްވީ، އިސްލާމްދީނުގެ މާތް ކަމާއި މަތިވެރިކަން ފެނިފައެވެ. އިސްލާމްދީނުގައި އަންހެނުންނަށް ކުރާ އިހުތިރާމް ފެނިފައެވެ.

އިސްލާމްދީން އަންހެނުންގެ މަސައްކަތަށް އިހުތިރާމް ކުރޭ

" އަންހެނުންނަކީ ވަރަށް ގިނަ މަސައްކަތް ކުރަން ޖެހޭ ބައެއް. ގޭގެ ހުރިހާ ކަމެއް ބަލަން ޖެހޭ. ކުދިން ބަލަން ޖެހޭ. ފިރިމީހާގެ ކަންކަން ބަލަހައްޓަން ޖެހޭ އެއީ ވަރަށް އުނދަގޫ ވަޒީފާ އެއް. އެކަމަކުވެސް އިސްލާދީނުގައި އެހުރިހާ ކަމަކަށްވެސް އިހުތިރާމް އޮވޭ،" ޖެމީ ކިޔައިދިނެވެ.

އިސްލާމްދީނުގައި އަންހެނުންނާއި ފިރިހެނުން ތަފާތުކޮށްފައި ވަނީ ސަބަބުތަކަކަށްޓަކައި ކަމަށް ޖެމީ ގަބޫލުކުރެ އެވެ. އަންހެނުންނާއި ފިރިހެނުން ހަލާލުގޮތުގައި ނޫނީ ގައިގޯޅި ނުވުމަށް އިސްލާމްދީން ބާރު އަޅާފައި ވަނީ ޖިންސީ ގޮތުން އަންހެނުން އުފެދިފައި ވަނީ ފިރިހެނުންނަށް އަންހެނުން ފެނި އަސަރު ކުރާގޮތަށް ވާތީ ކަމަށް ޖެމީ ގަބޫލުކުރެ އެވެ.

މުސްލިމަކަށްވުމުން ނަފްސަށް ހަމަޖެހުމެއް ލިބުނު

" އިސްލާމްދީން ގަބޫލުކުރުމުން ތަފާތު ކަމެއް ފާހަގަ ކުރެވުނު. އަމިއްލަ ނަފްސަށް ހަމަޖެހުމެއް ލިބިގެން ދިޔަ،" ޖެމީ ބުންޏެެވެ.

އިސްލާމްވުމުގެ ކުރިން ދުނިޔޭގައި އުޅުމުގެ އަސްލު ހަގީގީ ބޭނުމެއް ނުވިސްނޭ ކަމަށާއި ނަމަވެސް މުސްލިމަކަށް ވުމުން އެހުރިހާ ކަމެއް ބަދަލުވެގެން ދިޔަ ކަމަށް ޖެމީ ބުންޏެވެ. އަދި މުސްލިމަކަށް ވީ ހިސާބުން ދިރިއުޅުންމަށް ބޮޑެތި ބަދަލުތަކެއް އައި ކަމަށް އޭނާ ބުންޏެވެ.

  • އަމާންކަން ލިބުނު
  • ރައްކާތެރިކަން އިހުސާސްކުރެވުނު
  • ދިރިއުޅުމުގެ މަގްސަދު ފެނިގެން ދިޔަ

މުސްލިމަކަށް ވާނެއޭ ދުވަހަކުވެސް ހިތަށް ނާރާ ޖެމީއަށް އިސްލާމްދީން ކުރިން ސިފަ ކުރެވިގެން ދިޔައީ ވަރަށް ތަފާތުކޮށެވެ. މުސްލިމުންނަކީ އިންސާނިއްޔަތާ ހިލާފު އަމަލުތަކުގެ ވެރި ބައެއް ކަމަށް ޖެމީ ގަބޫލު ކުރި އެވެ. އަދި އަންހެނުންނަށް އަނިޔާވެރި އަންހެނުންގެ މިނިވަން ކަން ނަގާލާ ބައެއްގެ ގޮތުގައި ޖެމީ މުސްލިމުން ސިފަކުރި އެވެ.

" އެކަމަކު މިހާރު ފަހުރުވެރިވޭ މުސްލިމަކަށް ވީތީ. މުސްލިމު އަންހެންގެ ހެދުން ކަމަށްވާ ބުރުގާ އެޅުމަކީ އުފަލެއް ކަމުގައި ދެކެން،" ޖެމީ ބުންޏެވެ.

އެންމެ ބޮޑު ހުވަފެނަކީ ޤުރުއާން އަރަބިން ކިޔަވަން ދަސްކުރުން

އަރަބި ބަހުން ވާހަކަދައްކަން އަދި އަރަބިން ކިޔާ އެއްޗިހި އަދި ނޭނގުނަސް މިހާރު އެންމެ ބޮޑު ހުވަފެނަކީ އަރަބިން ޤުރުއާން ކިޔަވަން ދަސްކުރުން ކަމަށް ޖެމީ ބުންޏެވެ. އަދި މިހާރު އޭނާ ޤުރުއާން ކިޔަވަނީ އިނގިރޭސި ތަރުޖަމާ ބަލައިގެން ކަމަށްވެސް އޭނާ ބުންޏެވެ.

" މިހާރު ހަމައެކަނި ކިޔާއެއްޗެއްގެ މާނަ ދޭހަވެގެން ކިޔަން އެނެގެނީ سم الله الرحمن الرحيم، އެހެން އެއްޗެއް އަދި ނޭނގެ،" ޖެމީ ބުންޏެވެ.

ބުރުގާ އަޅަނީ އަމިއްލަ ނަފްސުދެެކެ ލޯބިވާތީ

އަހަރުތަކެއް ވަންދެން ބިކިނީގައި ފިރިހެނުންގެ ކުރިމަތި މޮޑެލް ކުރި ޖެމީ ބުރުގާ އެޅުމުން އޭނާއަށް ކުރެވުނު އިހުސާސްތަށް ކިޔައިދިނެވެ. އަދި އިސްލާމްވިތާ ގަޑިއެއްގެ އިރުތެރޭ ބުރުގާ އެޅިކަމަށް ޖެމީ ބުންޏެވެ. އަދި އޭނާ ބުރުގާ އެޅީ ސަބަބުތަކަކަށް ޓަކައި ކަމަށް ކިޔައިދިނެވެ.

  • އަމިއްލަ ނަފްސުދެކެ ލޯބިވާތީ
  • އިސްލާމް ދީނަށް އިހުތިރާމް ކުރުމަށް
  • ފިރިހެނުންނަށް ހަށިގަނޑު ދައްކަން ބޭނުން ނުވާތީ
  • ހަށިގަނޑަށް ބެލުމަށް ފަހު ފިރިހެނުން އުފާލިބިގަންނަން ބޭނުން ނުވާތީ

" ބުރުގާ އެޅުމުން އަހަންނަކީ މިނިވަން ކޮކާލެއް ކަމަށް އިހުސާސްކުރެވުނު. ކުރީގައި އުޅުނު ލޯތަކުގެ ޖަލުން ސަލާމަތް ވެވުނު. މިހާރު އަހަންނަކީ މިނިވަން ކޮކާލެއް،" ޖެމީ ކިޔައިދިނެވެ.

އިސްލާމްދީނާ މެދު މީހުންދެކޭގޮތް ބަދަލުކުރުމާއި އިސްލާމްދީން މީހުންނަށް އުނގައްނައިދިނުމުގެ ޝައުގެވެރިކަން ފާޅުކުރަމުން ޖެމީ ބުނީ އިސްލާމް ދީނަކީ މީހުންނަށް އަޅާލާ އޯގާތެރި ދީނެއް ކަމަށާއި، އިސްލާމްދީނަކީ ހުރިހާ ކަމެއްގެވެސް ހައްލު ކަމަށެވެ.

comment ކޮމެންޓް